ދުނިޔެ

ޗައިނާއިން ރަޝިއާއަށް އަދި ހަތިޔާރެއް ނުދޭ: ބައިޑަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޫކްރެއިންގައި މިހާރު ކުރިއަށްދާ ހަނގުރާމާގައި ރަޝިއާއަށް އެހީވުމަށް ޗައިނާއިން އަދި ހަތިޔާރު ފޯރުކޮށްދީފައި ނުވާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ބައިޑަން މިހެން ވިދާޅުވެފައިވަނީ ހުކުރު ދުވަހުއެވެ.

އެމެރިކާގެ ރައީސް ވިދާޅުވީ ޗައިނާއިން މިހާތަނަށް އައިއިރު، ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދީފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށެވެ.

ޗައިނާއިން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދޭން އުޅޭކަމުުގެ ވާހަކަތައް އަޑުއިވޭތާ ތިން މަހެއްހާ ދުވަސް ވެފައިވާކަމަށާއި، އެހެންނަމަވެސް މިހާތަނަށް އައިއިރު އަދި އެފަދަ ކަމެއް ހިނގާފައި ނުވާކަމަށް ބައިޑަން ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން އެހެން ނުވާނެއޭ ވިދާޅުނުވެވޭނެ ކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.

ރަޝިއާ-ޔޫކްރެއިން ހަނގުރާމައަށް އަހަރަކަށްވުރެ ގިނަ ދުވަސްވެގެން ގޮސްފައިވާއިރު، ހަނގުރާމައިގެ މިހާތަނަށް އެމެރިކާއިން ވަނީ ޔޫކްރެއިނަށް އެތައް ބިލިއަން އެމެރިކާ ޑޮލަރެއްގެ އަސްކަރީ އެހީ ފޯރުކޮށްދީފައެވެ. އެމެރިކާއާއި ހުޅަނގުން ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދެމުން ދިޔަނަމަވެސް ރަޝިއާއަށް އެއްވެސް ގައުމަކުން އެއްވެސް ކަހަލަ އެހީއެއް ފޯރުކޮށްދިނުމަކީ ހުޅަނގުގެ ގައުމުތަކުން އެދޭ ކަމެއް ނޫނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!