ދުނިޔެ

ރަޝިޔާ އާއި ޗައިނާއިން އަސްކަރީ އިއްތިހާދެއް ނުއުފައްދަން: ޕޫޓިން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޝިޔާ އާއި ޗައިނާއިން އަސްކަރީ އިއްތިހާދެއް އުފައްދަމުން ނުދާ ކަމަށާއި ސިފައިންގެ މެދުގައި އޮންނަ އެއްބާރުލުން ދެފުށް ފެންނަ ކަމަށް ޗައިނާގެ ލީޑަރު ޝީ ޖިންޕިން ކްރެމްލިންގައި ބޭއްވުމަށް ފަހު އާދީއްތަ ދުވަހު ބްރޯޑްކާސްޓް ކުރެއްވި ވާހަކަފުޅުގައި ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވި އެވެ.

Ads by Sosun Fihaara

މިދިޔަ މާޗް މަހުގެ 20 އިން 21 އަށް ރަޝިއާއިން ޔޫކްރެއިންގައި ކުރިއަށް ގެންދާ "ހާއްސަ އަސްކަރީ އޮޕަރޭޝަނެއް" ގައި ހަނގުރާމައިގެ މައިދާނުގައި ކުރިއެރުންތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ޕޫޓިން އާއި ޝީ ވަނީ ރަހުމަތްތެރިކަން ގަބޫލުކުރައްވައި އަސްކަރީ ދާއިރާގެ އިތުރުން ގާތް ގުޅުމެއް ބާއްވަން ވައުދުވެވަޑައިގެންފަ އެވެ.

"ޗައިނާއާ އެކު އަސްކަރީ އިއްތިހާދެއް ނުއުފައްދަނީ،" ދައުލަތުގެ ޓީވީގައި ޕޫޓިން ވިދާޅުވި އެވެ. "އާދެ، އަސްކަރީ-ޓެކްނިކަލް އިންޓަރެކްޝަންގެ ދާއިރާއިން އެއްބާރުލުން އެބައޮތް. މިކަން އަޅުގަނޑުމެން ސިއްރެއް ނުކުރަން."

"ހުރިހާ ކަމެއް ވެސް ދެފުށް ފެންނަ، ސިއްރެއް ނެތް"

ޕޫޓިން ޔޫކްރެއިންއަށް އެތައް ހާސް ސިފައިން ފޮނުވުމުގެ ހަފުތާއެއްހާ ދުވަސް ކުރިން 2022 ވަނަ އަހަރުގެ ކުރީކޮޅު ޗައިނާ އާއި ރަޝިއާއިން ވަނީ "ނޯ ލިމިޓްސް" ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ޕޫޓިންގެ ނިންމެވުމަށް ފާޑުކިޔުމުން ބެއިޖިން އިން އެއްކިބާވެ، ޔޫކްރެއިންގެ ސުލްހައިގެ ޕްލޭނެއް ގެނައުމަށް ވަނީ ނިންމައިފަ އެވެ. ހުޅަނގުން ވަނީ ޔޫކްރެއިންގައި ތިބި އޭނާގެ ސިފައިން އަލުން އާރާސްތު ކުރުމަށް ޕޫޓިން އަށް އިތުރު ވަގުތު ގަތުމުގެ ރޭވުމެއްގެ ގޮތުގައި އެ ހުށަހެޅުންތައް ދޮގުކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!