ޗައިނާގެ އިންވެސްޓްމަންޓް ޕްރޮޕޯސަލްގެ 54 ޕްރޮޕޯސަލް އިންޑިއާ ސަރުކާރުގެ ނުނިމި އެބަހުރި - ފިނޭންސް މިނިސްޓަރު
އިންޑިއާ ސަރުކާރަށް މިދިޔަ އަހަރުން ފެށިގެން ޗައިނާއިން ގާތްގަނޑަކަށް 54 ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕްރޮޕޯސަލް ލިބިފައިވާ ކަމަށާއި އެ ޕްރޮޕޯސަލްތައް އެޕްރޫވަލް އަށް ނުނިމި ހުރި ކަމަށް ފިނޭންސް މިނިސްޓަރު ނިރްމަލާ ސިތާރަމަން ވިދާޅުވި އެވެ.
"ފާއިތުވި އަހަރާއި މި އަހަރުގެ ތެރޭގައި ޗައިނާ/ހޮންގްކޮންގްގެ އިންވެސްޓަރު/ ބެނިފިޝަލް އޯނަރާއެކު ލިބުނު 54 އެފްޑީއައި ޕްރޮޕޯސަލް، 21 މާޗް 2023 ގެ ނިޔަލަށް ސަރުކާރާ އެކު ނިންމަން ނުނިމި އެބަހުރި،" ސީތާރަމަން ހޯމަ ދުވަހު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް މައުލޫމާތު ދެއްވިއެވެ.
ސީތާރަމަން ވިދާޅުވީ އިންޑިއާއާއެކު އެއްގަމު ބޯޑަރު ހިއްސާކުރާ ގައުމުތަކުން ބޭރުގެ އިންވެސްޓްމަންޓްތަކަށް މީގެ އަހަރުތަކެއް ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް އިންޑިއާ ސަރުކާރުން ނުވިސްނާ ކަމަށެވެ.
އިންޑިއާއިން 2020 ވަނަ އަހަރު ޗައިނާއިން ކުރާ އިންވެސްޓްމަންޓްތައް ލިމިޓް ކުރަން މަސައްކަތް ކުރީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ނުތަނަވަސްކަން އުފެދި، ދެ ގައުމުގެ ސިފައިންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާ ހިމާލިޔާ ސަރަހައްދުގައި ކުރިމަތިލުންތަކެއް ހިނގުމުންނެވެ.
އެ ފިޔަވަޅުތަކުގެ ސަބަބުން އިންޑިއާއާ އެއްގަމު ބޯޑަރު ހިއްސާކުރާ ގައުމެއްގެ ބެނެފިޝަލް އޯނަރުން އިންވެސްޓްމަންޓްތަކަށް އެ ގައުމުގެ ސަރުކާރުގެ ރުހުން ހޯދުމަށް ވަނީ ގޮވާލައިފައެވެ.