ޖާސޫސް ކުރި ކަމުގެ ތުހުމަތުކުރެވޭ އެސްޓެލަސް ފާމާގެ މުވައްޒަފަކު ދޫކޮށްލުމަށް ޖަޕާނުން ޗައިނާއަށް ގޮވާލައިފި
ޖާސޫސް ކުރި ކަމުގެ ތުހުމަތުގައި ބެއިޖިން އިން އެ މީހާ ހައްޔަރުކުރުމާ ގުޅިގެން ޖަޕާނުން ވަނީ ޗައިނާގެ ރައްޔިތަކު ދޫކޮށްލުމަށް ގޮވާލައިފަ އެވެ.
މަސްތުވާތަކެތި އުފައްދާ ކުންފުންޏެއް ކަމަށްވާ އެސްޓެލާސްގެ އުމުރުން 50 އަހަރުގެ މުވައްޒަފެއް ކަމަށްވާ މި މީހާ ވަނީ މާޗް މަހުގެ ކުރީކޮޅުން ފެށިގެން ބަންދުކޮށްފަ އެވެ.
ޗައިނާއިން 2015 ވަނަ އަހަރުން ފެށިގެން ޖާސޫސް ކުރި ކަމުގެ ތުހުމަތުގައި ޖަޕާނުގެ 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކިޔޯޑޯ ނިއުސް އިން ބުނެފި އެވެ.
އިރުމަތީ ޗައިނާ ކަނޑުގެ ޖަޒީރާ ރަށްތަކާއި ހަނގުރާމައިގެ ދުވަސްވަރުގެ ތާރީހާއި ޓައިވާނުގެ ގުޅުން ޒަމާނުއްސުރެ ވަނީ ހީނަރުވެފަ އެވެ.
ހޯމަ ދުވަހު ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ހިރޯކަޒޫ މަޓްސޫނޯ ވިދާޅުވީ ޗައިނާއިން ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ހައްޔަރުކުރިކަން އެގައުމަށް އަންގާފައިވާ ކަމަށާއި ކޮންސިއުލާ ދަތުރަކަށް އެދިފައިވާ ކަމަށެވެ.
ނަމަވެސް އެމީހާގެ އައިޑެންޓިޓީ އާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ އެއްވެސް ތަފްސީލެއް އޭނާ ހާމައެއް ނުކުރެ އެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާއޯ ނިންގް ފަހުން ވިދާޅުވީ އެ މީހާ ހައްޔަރުކުރަނީ ޖާސޫސް ކުރުމުގެ ކުށުގައި ކަމަށެވެ.
އަދި ޗައިނާއިން އެ މައްސަލަ ބަލަހައްޓާނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ގާނޫނުގައިވާ ގޮތުގެ މަތިން އެ މީހާގެ ހައްގުތައް ހިމާޔަތް ކުރާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
މާއޯ ވިދާޅުވީ ޖަޕާނުން މިފަދަ ކަންކަމުގައި ބައިވެރިނުވުމަށް އެގައުމުގެ ރައްޔިތުންނަށް އެންގުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
އެސްޓެލަސް ފާމާ އިން ބުނީ އެ މީހާއަކީ އެ ކުންފުނީގެ މުވައްޒަފެއް ކަމަށާއި ނަމަވެސް އޭނާގެ ވަނަވަރު ހާމަކުރަން ދެކޮޅު ހެދި ކަމަށެވެ.
ޖާސޫސް ކުރި ކަމުގެ ތުހުމަތުގައި ޗައިނާ އިން ވަނީ 2019 ވަނަ އަހަރު ޗައިނާގެ ޒަމާނީ ތާރީހުގައި ތަޖުރިބާކާރު ޖަޕާނުގެ ޕްރޮފެސަރަކު ހައްޔަރުކޮށްފަ އެވެ. އޭނާ ދޫކޮށްލީ ދެ މަސް ފަހުންނެވެ.
މިފަހަކަށް އައިސް ޗައިނާ އާއި ޖަޕާނުގެ ގުޅުން ރަނގަޅުވާނެ ކަމުގެ ނިޝާނެއް ނުފެނެ އެވެ.
މިދިޔަ ފެބްރުއަރީ މަހު ދެ ގައުމުން ވަނީ ހަތަރު އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޓޯކިޔޯގައި ސެކިއުރިޓީ ޑައިލޮގްއެއް ބާއްވާފަ އެވެ. އޭގެ ތެރޭގައި ޖަޕާނުން ވަނީ ޗައިނާ އާއި ރަޝިއާއާ އޮންނަ ގުޅުމާއި ޖާސޫސީ ބެލޫން ތައް ބޭނުންކުރާ ކަމަށް ބުނެ ފާޑުކިޔާފައިވާއިރު، ޖަޕާނުގެ އަސްކަރިއްޔާ ބިނާކުރުމާ މެދު ބެއިޖިން އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.