ދުނިޔެ

އަންހެން ކުދިންގެ ތައުލީމަށް ގޮވާލާ އެކްޓިވިސްޓަކު ތާލިބާނުން ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޒުވާން އަންހެން ކުދިންނާއި އަންހެނުން ކްލާސްރޫމްތަކުން ފޭބުން މަނާކޮށްފައި ވަނިކޮށް، އަންހެން ތައުލީމަށް އަފްޣާނިސްތާނުގެ މަޝްހޫރު ކެމްޕެއިނަރަކު ތާލިބާނުން ހައްޔަރުކޮށްފި އެވެ.

Ads by WAMCO

އުމުރުން 30 އަހަރުގެ މަޓީއުالله ވޭސާއަށް ގިނަ ފަހަރަށް އިންޒާރުތައް ލިބެމުން ދިޔަ - އޭނާ ވަނީ އަފްޣާނިސްތާނުގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ހުރިހާ ކުދިންނަށް ތައުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެތައް އަހަރެއް ހޭދަކޮށްފަ އެވެ.

ވީސާ ބަންދުގައި ހުރީ ކީއްވެ ކަމެއް ތާލިބާނުން ހާމައެއް ނުކުރެ އެވެ. އަދި އޭނާގެ ގެ ވެސް ބަލައި ފާސްކުރި އެވެ.

އޭނާ ހައްޔަރުކުރީ އަންހެނުންގެ ތައުލީމަށް ކެމްޕެއިން ކުރަމުން އަންނަ އިތުރު އެކްޓިވިސްޓުންތަކެއް ހައްޔަރުކުރުމާ ގުޅިގެންނެވެ.

ތާލިބާނުންގެ ސަރުކާރުން އަންހެނުންނަށް ތައުލީމު ދިނުން މަނާކުރުމާ ގުޅިގެން ފާޅުގައި ފާޑުވިދާޅުވާ ޕްރޮފެސަރު އިސްމާއިލް މަޝާލް މިދިޔަ ފެބްރުއަރީ މަހު ކާބުލްއިން ހައްޔަރުކުރީ ހިލޭ ފޮތްހަވާލު ކުރަމުން ދަނިކޮށެވެ. މާޗް މަހުގެ ފަސް ވަނަ ދުވަހު އޭނާ މިނިވަންކުރި ނަމަވެސް އޭގެ ފަހުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ވެސާ އަކީ އަފްޣާނިސްތާނުގައި ތައުލީމީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް އެކްޓިވިސްޓެއް ކަމަށާއި އޭނާގެ ޗެރިޓީ ޕެންޕަތު މެދުވެރިކޮށް ތާލިބާނުން 2021 ވަނަ އަހަރު އަންހެން ތައުލީމު ދިނުން މަނާކުރި ފަހުން އަންހެން ކުދިންނަށް ކިޔެވުމުގެ ހައްގު ހޯދައިދިނުމަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަފްޣާނިސްތާނުގައި ހުންނަ އދ.ގެ މިޝަނުން ވެސް ވަނީ ވޭސާގެ މައްސަލަ ފާހަގަކޮށް އޭނާ ހުރި ތަނާއި އޭނާ ބަންދުގައި ބަހައްޓަން ޖެހުނު ސަބަބު ސާފުކޮށްދިނުމަށް ތާލިބާނުންނަށް ގޮވާލާފަ އެވެ.

ވޭސާ ހައްޔަރުކޮށްފައިވަނީ ވެރިރަށް ކާބުލްގެ މިސްކިތަކުން މިދިޔަ ހޯމަ ދުވަހު ނުކުމެވަޑައިގަތުމުންނެވެ.

ތާލިބާނުން އައީ ދެ ވެހިކަލެއްގައި،" އާއިލާގެ ގާތް މީހަކު ބީބީސީއަށް ކިޔައިދިނެވެ. އަތުގައި ހިފަހައްޓައިގެން ކާރަށް އެރިއެވެ.

"މިއަދު ހެނދުނު 10:00 ހާއިރު ތާލިބާނުން އޭނާގެ ގެއަށް ގޮސް އެގެ ބަލައި ފާސްކުރި. އެމީހުން އެކަން ފުރޮޅާލައި، އޭނާގެ އާއިލާއަށް ވާހަކަ ނުދައްކާނެ ކަމުގެ އިންޒާރު ދީ، ފޯނާއި ލިޔުންތަކާއި ކޮމްޕިއުޓަރުތައް އަތުލައިގަތެވެ. މަޓީއުاللهގެ ކޮއްކޮމެން ކުޑަވަގުތުކޮޅަކަށް ހިފެހެއްޓުމަށްފަހު އިންޒާރަކާއެކު ދޫކޮށްލިއެވެ."

ވޭސާ ވަނީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އަފްޣާނިސްތާނުގެ އެތައް ސަތޭކަ ޑިސްޓްރިކްޓަކަށް ވަޑައިގެން ތައުލީމުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!