Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ފަލަސްތީނުންވެސް ކޮރޯނާ ފެނި، ކުއްލި ހާލަތަށް!

ފަލަސްތީނުގައި 7 މީހަކަށް ކޮރޯނާ ވައިރަސް ޖެހިގެން އެ ގައުމުގެ ބައެއް ސިޓީތަކުގައި ކުއްލި ހާލަތު އިއުލާން ކޮށްފިއެވެ.

އެގައުމުގެ ސިޓީ އެއް ކަމަށްވާ ބެތްލެހެމް އިން ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް 4 މީހުން ފެނިފައެވެ. އެ ހަތަރު މީހުންނަކީ އެ ސިޓީގެ ހޮޓަލެއްގައި މަސަައްކަތް ކުރާ މީހުންނެވެ. އެގައުމުން ވަނީ އެ ހޮޓެލްގައި މަސައްކަތް ކުރާ ގިނަ ބައެއް ވެސް އެ ބަލި ހުރިތޯ ބެލުމަށް ޓެސްޓް ކޮށްފައެވެ. ނަމަވެސް ގިނަ މީހުން ވަނީ ކޮރޯނާ އަށް ނެގެޓިވް ވެފައެވެ.

އެ ގައުމުގެ ހެލްތް މިނިސްޓަރ ބުނިގޮތުގައި، އެ ބަލި ހުރިތޯ ބެލުމަށް ޓެސްޓް ކުރި އިތުރު މީހުންގެ ޓެސްޓްގެ ނަތީޖާ ވަރަށް އަވަހަށް އާއްމު ކުރާނެއެވެ. މީގެ އިތުރުން ބެތްލެހަމްގެ ސުކޫލުތަކާއި ބައެއް ކޮލެޖްތައް ވަނީ ދެހަފްތާއަށް ބަންދުކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން، ފަލަސްތީނުގެ ބައެއްް ސިޓީތަކުގައި ކުރިއަށް އޮތް ދެހަފްތާއަށް ތާވަލް ކޮށްފައިހުރި ބައެއް ފުޓްބޯޅަ މެޗްތައްވެސް ވަނީ ކެންސަލް ކޮށްފައެވެ. އެގައުމުގެ ހެލްތް މިނިސްޓްރީ އިން ވަނީ ގިނަ މީހުން ތަންތަނަށް އެއްވެގެން ހިންގާ ހަރަކާތްތައް ހިންގުން ވެސް މަނާ ކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް