ދުނިޔެ

އަންހެނުންގެ ހައްޤުތަކަށް މަސައްކަތް ކުރާ މީހެއް ހައްޔަރު ކުރުމުން ތާލިބާން ހޫނުފެނަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަމަޟާން މަހުގެ ފަސްވަނަ ދުވަހު އަފްޣާނިސްތާނުގައި އަންހެން ކުދިންނާއި އަންހެނުންގެ ތައުލީމަށް ވަކާލާތު ކުރައްވާ މަޓީއުالله ވޭސާ ވަނީ ޢަޞްރު (ހަވީރު) ނަމާދަށް ކާބުލްގެ އަވަށްޓެރި މިސްކިތަކަށް ގޮސްފައެވެ. އުމުރުން 30 އަހަރުގެ ސަމީالله އޭނާގެ ކޮއްކޮ ސަމީއުالله ގޮވައިގެން މިސްކިތުން ނުކުތްއިރު، ހަތިޔާރު އެޅި ބަޔަކު އޭނާ ވަށާލީ އެއީ ތާލިބާނުންގެ އިންޓެލިޖެންސް ޔުނިޓް ކަމަށްވާ ޖެނެރަލް ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސަށް ނިސްބަތްވާ ބައެއް ކަމަށް ބުނެ އެވެ.

Ads by WAMCO

"އަޅުގަނޑުގެ ކޮއްކޮ ސަމީއުالله އެމީހުންގެ އައިޑީ ހޯދަން އެދުމުން އޭގެ ބަދަލުގައި އެމީހުންގެ ހަތިޔާރު ދައްކައި [މަޓިالله] ގެންދިޔައީ،" މަޓީއުاللهގެ ބޮޑުބޭބެ އައްތައުالله ވޭސާ އަލްޖަޒީރާއަށް ވިދާޅުވި އެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ތާލިބާނުންގެ ސެކިއުރިޓީގެ މީހުން ކާބުލްގައި ހުންނަ އެމީހުންގެ ގެއަށް ވަދެ ބަލައި ފާސްކުރިއިރު، އުމުރުން 24 އަހަރުގެ ސަމީއުالله އާއި އިތުރު ބޭބެއެއް ކަމަށްވާ ވަލީ މުހައްމަދު، 39، ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަތާއުالله ސިއްރުން އުޅެނިކޮށް އޭނާ ހައްޔަރުން ސަލާމަތްވިއެވެ.

"އެމީހުން އަހަރެންގެ ކޮއްކޮމެންނަށް އަނިޔާކޮށް، ފޯނާއި ލެޕްޓޮޕް ފަދަ ޑިވައިސްތައް ވެސް ގެންދިޔައީ،" ނޭނގޭ ތަނަކުން އަތާއުالله، 37، ބުންޏެވެ.

މިދިޔަ ހޯމަ ދުވަހު މަޓީއުالله ހައްޔަރުކުރުމާ އެކު އެކްޓިވިސްޓުން ވަނީ ކަންބޮޑުވެފަ އެވެ. އދ އިން ވަނީ ތާލިބާނުންގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައި ވަނީ އޭނާ ހުރި ތަނެއް އާންމުކޮށް ގާނޫނީ ތަމްސީލު ކުރުމުގެ ފުރުސަތު ދިނުމަށެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ތަރުޖަމާނު ޖެރެމީ ލޯރެންސް ވިދާޅުވީ އަފްޣާނިސްތާނުގައި މަދަނީ ޖަމިއްޔާތަކުގެ އެކްޓިވިސްޓުންނާއި މީޑިއާގެ މަސައްކަތްތެރިން ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމާއި، ހާއްސަކޮށް އަންހެނުންނާއި އަންހެން ކުދިންނަށް ތައުލީމާއި މަސައްކަތާއި އާންމު ދިރިއުޅުމުގެ އެހެނިހެން ގިނަ ދާއިރާތަކަށް ހުރަސް އެޅޭ ގޮތަށް ޑި ފެކްޓޯ އޮތޯރިޓީން ގެންގުޅޭ ތަފާތުކުރުމުގެ ސިޔާސަތުތަކާ ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކަށް އަމާޒުކޮށް ވާހަކަ ދައްކާ ފަރާތްތަކަށް އަމާޒުކުރުމާ މެދު ކަންބޮޑުވާ ކަމަށެވެ. ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!