ޚަބަރު

އަލިފާނުގެ ހާދިސާއެއް ހިނގައި، ގެއެއް އެއްކޮށް އަނދައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އައްޑޫ ސިޓީގެ ފޭދޫގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ގެ އެއްކޮށް އަނދައިފިއެވެ.

Ads by STELCO

މި ހާދިސާ ހިނގީ ފޭދޫގެ ގެއެއްގައި ވަކިން ހަދާފައި ހުރި އެޕާޓްމަންޓެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓު ޝޯޓެއްވެގެންނެވެ.

މިރޭ ހިނގި މި ހާދިސާގައި އެޕާޓްމަންޓް ވަނީ އެއްކޮށް އަނދައި އަޅިޔަށްވެފައެވެ.

ފުލުހުންނާއި ސިފައިންނާއި އާންމު ރައްޔިތުން ކުރި މަސައްކަތުން އަލިފާންގަނޑު މިހާރު ވަނީ ނިއްވައިލާފައެވެ.

މި ހާދިސާ ހިނގިއިރު އެ ތަނުގައި އެއްވެސް މީހެއް ނެތްކަމަށް މައުލޫމާތު ލިބެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!