ދުނިޔެ

ކުޑަކުދިންގެ ފައިދާ ނަގާ ކަމަށްބުނެ ޓިކްޓޮކްއާ ދެކޮޅަށް ދައުވާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕޯޗުގަލްގެ ޔޫރަޕިއަން ކޮންސިއުމާ ޕްރޮޓެކްޝަން ގްރޫޕަކުން ޝޯޓް ވީޑިއޯ އެޕްލިކޭޝަން ޓިކްޓޮކްގެ މައްޗަށް ދައުވާކުރީ 13 އަހަރުން ދަށުގެ ކުދިންނަށް ބެލެނިވެރިންގެ ރުހުމަކާ ނުލައި އެކައުންޓަކަށް ސޮއި ކުރުމުގެ ފުރުސަތު ދިނުމާއި އެކުދިން ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ނުކުރާ ކަމަށް ބުނެ އެވެ.

Ads by Sosun Fihaara

އިނގިރޭސިވިލާތުގެ ޑޭޓާ ވޮޗްޑޮގުން މި މައްސަލަ ހުށަހަޅާފައި މިވަނީ ޑޭޓާ ޕްރޮޓެކްޝަން ގާނޫނާ ހިލާފުވެގެން ޓިކްޓޮކް 12.7 މިލިއަން ޕައުންޑް (15.81 މިލިއަން ޑޮލަރު) އިން ޖޫރިމަނާކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި މައިންބަފައިންގެ ރުހުމަކާ ނުލައި ކުޑަކުދިންގެ ޕާސަނަލް ޑޭޓާ ބޭނުންކުރުން ވެސް ހިމެނޭ ކަމަށެވެ.

ބައިޓްޑާންސް ލިމިޓެޑްގެ ހިއްސާ އޮންނަ ބެއިޖިންގެ ކުންފުންޏެއް ބޭނުންކޮށްގެން ޗައިނާއިން ބޭނުންކުރާ މީހުންގެ ޑޭޓާ ނެގޭނެ ކަމުގެ ސަލާމަތީ ކަންބޮޑުވުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، އޮސްޓްރޭލިއާ، އެމެރިކާ، ފަރަންސޭސިވިލާތް އަދި ހުޅަނގުގެ އެހެން ގައުމުތަކުން ވެސް ވަނީ ދާދި ފަހުން ސަރުކާރުގެ ޑިވައިސްތަކުން ޓިކްޓޮކް މަނާކޮށްފަ އެވެ.

"13 އަހަރުން ދަށުގެ ކުދިންގެ އަތުން ޓިކްޓޮކަށް ފައިދާ ލިބެނީ، އެކުދިންގެ ހާއްސަ ނާޒުކުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން،" އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އައިޔޫއެސް އޮމްނިބަސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ގާނޫނާ ހިލާފު އަމަލުތައް ހުއްޓާލައި" ގެއްލުން ލިބުނު މީހުންނަށް މާލީ ބަދަލު ދިނުމަށް އަމުރު ކުރުމަށް ލިސްބަންގެ ކޯޓަކަށް ގޮވާލާ ކަމަށެވެ.

ޓިކްޓޮކްގެ ބަހެއް އަދި ނުލިބުނު ނަމަވެސް ޕޯޗުގަލްގެ ނޫހެއް ކަމަށްވާ ޕަބްލިކާއަށް ދިން ބަޔާނެއްގައި ބުނީ ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކާއި އެމީހުންގެ ޑޭޓާ ހިމާޔަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އައިޔޫއެސް އޮމްނިބަސް އިން ބުނާ ގޮތުގައި ޓިކްޓޮކުން ކުޑަކުދިންގެ ޕާސަނަލް ޑޭޓާ އެއްކޮށް ޕްރޮސެސް ކުރަނީ ޕޯޗުގަލްގެ ގާނޫނު އަސާސީ އާއި ޔޫރަޕިއަން ޔޫނިއަންގެ އާންމު ޑޭޓާ ޕްރޮޓެކްޝަން ރެގިއުލޭޝަނާއި ބޭއިންސާފު ކޮމާޝަލް ޕްރެކްޓިސް ގާނޫނާ ހިލާފަށެވެ.

ޓިކްޓޮކްގެ އުމުރު ކަނޑައެޅި ނަމަވެސް، 13 އަހަރުން ދަށުގެ މީހުން "ރަޖިސްޓްރީ ކުރުން ހުއްޓުވޭނެ މެކޭނިޒަމްތައް ތަންފީޒު ނުކުރާ" ކަމަށް އެ ގްރޫޕުން ބުންޏެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!