ދުނިޔެ

ޕެންޝަން ނިޒާމު މުރާޖައާ ކުރުމަށް އިންޑިއާ ސަރުކާރުން ޕެނަލް އެއް އެކުލަވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ޕެންޝަން ނިޒާމު މުރާޖައާކޮށް، ބަދަލުތަކެއް ގެންނަން ޖެހޭތޯ ބެލުމަށް އިންޑިއާ ސަރުކާރުން ޕެނަލެއް އެކުލަވާލާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

Ads by Sosun Fihaara

ފިނޭންސް މިނިސްޓަރު ނިރްމަލާ ސިތާރަމަން މިދިޔަ މަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމުގެ ވެރިކަން ކުރާ ފަރާތްތަކާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން ގެންގުޅޭ ތަފާތު ސްކީމްތައް އެކަތިގަނޑަކަށް ކުރުމަށް ޓަކައި، ފެޑެރަލް އަދި ހުރިހާ ސްޓޭޓް ސަރުކާރުތަކުން ވެސް އެ ގައުމުގެ ޕެންޝަން ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ވިސްނާނެ ކަމަށެވެ.

މި ޕެނަލްގެ ރިޔާސަތު ބަލަހައްޓަވާނީ ފިނޭންސް ސެކްރެޓަރީ ޓީވީ ސޮމަނަތަން ކަމަށާއި ޕެނަލްގައި ހިމެނިވަޑައިގަންނަވާ އަނެއް ތިން ބޭފުޅުންނަކީ ޕެންޝަން ފަންޑް ރެގިއުލޭޓަރީ އެންޑް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗެއާމަންގެ އިތުރުން ފިނޭންސް މިނިސްޓްރީގެ އެހެން އިސް އޮފިޝަލަކާއި ޕެންޝަނާ ހަވާލުވެ ހުންނެވި މިނިސްޓްރީގެ އިސް އޮފިޝަލަކު ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

2004 ވަނަ އަހަރު އެގައުމުން މިހާރު ގެންގުޅުނު ޕެންޝަން ސްކީމާ މެދު ބަހުސް ފެށުނީ، ޕެންޝަނުގެ ބުރަ މުޅިން ވެސް ސަރުކާރުގެ ބޮލުގައި އެޅިފައިވާ ކުރީގެ ނިޒާމަކަށް ބަދަލުކުރަން އިންޑިއާގެ ބައެއް ސްޓޭޓްތަކުން ނިންމާފައި ވަނިކޮށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!