ޓައިވާނާމެދު ޔޫރަޕުން ގެންގުޅެންވާނީ އަމިއްލަ ސިޔާސަތެއް
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އާދީއްތަ ދުވަހު ޝާއިއުކުރި ކޮމެންޓްތަކުގައި ވިދާޅުވީ ޓައިވާނުގެ މައްސަލާގައި އުފެދިފައިވާ ނުތަނަވަސްކަން އަވަސް ކުރުމަށް ޔޫރަޕުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި ވޮޝިންޓަނާއި ބެއިޖިންއިން ވެސް މިނިވަން ސްޓްރެޓެޖީއެއް ގެންގުޅެން ޖެހޭ ކަމަށެވެ.
މެކްރޮން ޗައިނާއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅަށްފަހު އެނބުރި ވަޑައިގެންފިއެވެ. ޓައިވާނުގެ ވަށައިގެން ޗައިނާއިން ހޮނިހިރު ދުވަހު ތަމްރީނުތައް ފަށާފައި މިވަނީ އެމެރިކާގެ ރައީސް ސައި އިންގް-ވެން، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ކެވިން މެކާތީއާ ބުދަ ދުވަހު ބޭއްވެވި ބައްދަލުވުމާ ގުޅިގެން ރުޅިއައިސްގެންނެވެ.
ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާ ޓައިވާނަކީ އެގައުމުގެ އަމިއްލަ ސަރަހައްދެއްގެ ގޮތުގައި ޗައިނާއިން ދެކޭއިރު، އެ ގައުމު އެގައުމުގެ ބާރުގެ ދަށަށް ގެނައުމަށް ބާރުގެ ބޭނުން ކުރުން ޗައިނާއިން ދުވަހަކުވެސް ދޫކޮށްލާފައެއް ނުވެއެވެ. ޗައިނާގެ ވާހަކަތަކަށް ޓައިވާނުގެ ސަރުކާރުން ވަރަށް ބޮޑަށް ދެކޮޅު ހަދައެވެ.
މެކްރޮން ވިދާޅުވީ ޔޫރަޕުން ހަމަނުޖެހުންތައް ހަލުވި ނުކޮށް، ޗައިނާ އާއި އެމެރިކާއާ ދެމެދު ތިން ވަނަ ތަނބެއްގެ ގޮތުގައި އެ ގައުމުގެ ދަރަޖަ ބިނާކުރަން ވަގުތު ނަގަން ޖެހޭ ކަމަށާއި، ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ފްރާންސްގެ ނޫހެއް ކަމަށްވާ ލެސް އިކޯސް އާއި ޕޮލިޓިކޯއަށް ދެއްވި ކޮމެންޓްތަކުގައި ވިދާޅުވި އެވެ.
އޭނާއާ ހަވާލާދީ ޕޮލިޓިކޯ އިން ބުނީ އެންމެ ގޯސް ގޮތަކީ އަހަރެމެން ޔޫރަޕްގެ މީހުން މި މައުޟޫއަށް ފޮލޯވަރުންނަށް ވެ، އެމެރިކާގެ ރިދަމަށް ނުވަތަ ޗައިނާގެ އޯވަރިއެކްޝަނަކަށް އަހުލުވެރިވާން ޖެހޭނެ ކަމަށް ހީކުރުން ކަމަށެވެ.
ޔޫރަޕުން ދިފާއީ ސިނާއަތަށް އިތުރަށް ފަންޑުކޮށް، ނިއުކްލިއާ އަދި އިއާދަކުރަނިވި ހަކަތަ ތަރައްގީކޮށް، އެމެރިކާ އަށް ބަރޯސާވުން ކުޑަކުރުމަށް އެމެރިކާ ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރަން ޖެހޭ ކަމަށް އޭނާއާ ހަވާލާދީ ދެ މީޑިއާއިން ވެސް ބުނެފައިވެ އެވެ.
މި ޖޮއިންޓް އިންޓަވިއު ދީފައިވަނީ ހުކުރު ދުވަހު ބެއިޖިން އާއި ގުއާންޒޫ ސިޓީއާ ދެމެދު ދަތުރުކުރި ފްލައިޓެއްގަ އެވެ.
ހުކުރު ދުވަހު މެކްރޮންގެ އެޑްވައިޒަރަކު ގުއާންޒޫގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޝީ އާއި މެކްރޮންގެ ބައްދަލުވުންތަކުގައި ޓައިވާނުގެ މައްސަލައިގައި "ހަރުކަށި އަދި ފާޅުކަން ބޮޑު" މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.
"ރައީސްގެ އިހުސާސަކީ ޗައިނާގެ މީހުން ހަމަލާތައް ކުރިއަށް ގެންދިއުމަށް އެއްވެސް އެކްސިޑެންޓެއް ނުވަތަ ނުތަނަވަސްކަން އިތުރުވުމެއް (އެކަމުގެ ސަބަބުން) ކުރިމަތިވެދާނެ ކަމަކަށް ސަމާލުވާން ޖެހޭ،" އެލީސީގެ އެޑްވައިޒަރު ވިދާޅުވި އެވެ.