ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރު އެމެރިކާއަށް ކުރައްވަން އޮތް ދަތުުރުފުޅު ކެންސަލްކުރައްވައިފި

ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރު އިސްހާގު ދަރް، އެމެރިކާއަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލްކުރައްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ވޮޝިންގޓަނަށް އިސްހާގު ދަތުރުފުޅުކުރެއްވުމަށް ހަމަޖެހިފައިވަނީ ހޫނު މޫސުމުގައި އައިއެމްއެފްއާއި ވޯލްޑް ބޭންކާއެކު އޮންނަ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. އިސްހާގު ވިދާޅުވީ ޕާކިސްތާނުގެ ސިޔާސީ މަޝްރަހު މިވަގުތު އޮތް ގޮތުން ދަތުރުފުޅު ކެންސަލްކުރައްވާފައިވާކަމަށެވެ.
ނަމަވެސް ދޭދޭ ގައުމުތަކާއެކު އޮންނަ މުހިންމު ބައްދަލުވުންތަކާއި މުހިންމު އެހެނިހެން ބައްދަލުވުންތަކުގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިސްހާގު ވިދާޅުވިއެވެ. އަދި ޕާކިސްތާނުގެ ޓީމެއް ވޮޝިންގޓަނަށް ދާނެކަމަށް ވިދާޅުވިއެވެ.
ޕާކިސްތާނުގެ ދަރަނި އިންތިހާއަށް މަތިވެފައިވާއިރު، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާ ސަރުކާރާ ދެމެދު އަންނަނީ ސިޔާސީ ގޮތުން ބޮޑެތި ދެބަސްވުންތަކާއި ހަމަނުޖެހުންތައް ހިނގަމުންނެވެ.