އިންޑިއާއިން އަރޫނާޗަލްގައި ވިލެޖް ޕްރޮގްރާމެއް ފަށައިފި
އިންޑިއާގެ ބާރުގަދަ ހޯމް މިނިސްޓަރު ހޯމަ ދުވަހު ވަނީ 48 ބިލިއަން ރުޕީސް (585 މިލިއަން ޑޮލަރު) ގެ ތަރައްގީގެ ސްކީމެއް ތައާރަފް ކުރުމަށް ޗައިނާއިން ބުނާ ހިމަލިއާ ފްރޮންޓިއާ ސްޓޭޓަކަށް ޒިޔާރަތް ކުރައްވައި، ފާހަގަ ނުކުރެވޭ ބޯޑަރުގެ ސަލާމަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
ހޯމް މިނިސްޓަރު އަމިތު ޝާހު ވިދާޅުވީ ހަތަރު ސްޓޭޓެއްގެ ގާތްގަނޑަކަށް 3،000 އަވަށާއި ޗައިނާގެ ފްރޮންޓިއާގައި ފެޑެރަލް ކޮށް ހިންގާ އެއް ސަރަހައްދަށް ކަވަރުކުރުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ބޯޑަރު ސަރަހައްދުތަކުން ރިވާސް މައިގްރޭޝަނަށް އެހީވުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އަރޫނާޗަލް ޕްރަދޭޝްއަށް ހޯމަ ދުވަހު ކުރެއްވި ދަތުރުފުޅުގައި ޝާހު އިތުރަށް ވިދާޅުވީ އެ ސަރަހައްދުގައި ޒަމާނުއްސުރެ ހަރަކާތްތެރިވަމުން އަންނަ އިންޑިއާ ސިފައިން އެ ސަރަހައްދުގެ ބޯޑަރުތަކަށް އެއްވެސް މީހަކު ނުބަލާތޯ ނުވަތަ އެ ގައުމުގެ ބިމަށް އަރައިނުގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ މިހެން ވިދާޅުވެފައިމިވަނީ އިރުމަތީ ސްޓޭޓަށް އެމަނިކުފާނު ކުރައްވަން ރާއްވަވާފައިވާ ދަތުރުފުޅާ އިދިކޮޅަށް ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމަށާއި އެ ސަރަހައްދުގައި އެމަނިކުފާނު ހިންގަވާ ހަރަކާތްތަކަކީ ޗައިނާގެ ސަރަހައްދީ ސިޔާދަތަށް އަރައިގަތުން ކަމަށް ބެއިޖިންއިން ދެކޭތާ ގަޑިއިރުތަކެއް ފަހުންނެވެ.
އަރޫނާޗަލް ޕްރަދޭޝް އަކީ 2020 ވަނަ އަހަރު ހުޅަނގު ހިމަލަޔާ ސަރަހައްދުގެ އެހެން ހިސާބުތަކުގައި އެ ގައުމުގެ އަސްކަރިއްޔާތަކާ ދެމެދު ހިނގި ލޭއޮހޮރުވުމުގެ ހަމަނުޖެހުންތަކުގައި 24 ސިފައިން ޝަހީދުވުމާ ގުޅިގެން ނިއު ދިއްލީ އާއި ބެއިޖިންއާ ދެމެދު އޮތް އާ ފްލޭޝް ޕޮއިންޓަކަށް ވެއްޖެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެ ސްޓޭޓްގެ ޓަވަންގް ސެކްޓަރުގައި ދެ ފަރާތުގެ ސިފައިން ހަމަނުޖެހުން ހިންގި އިރު، މިދިޔަ ހަފުތާގައި އިންޑިއާއިން ވަނީ އަރޫނާޗަލް ޕްރަދޭޝްގެ ފަސް ފަރުބަދަ ހިމެނޭ ގޮތަށް 11 ތަނަކަށް ޗައިނާއިން ނަން ބަދަލުކުރުމަށް ދެކޮޅު ހަދާފަ އެވެ.
މިދިޔަ ހަފުތާގައި އާންމުކުރި މެޕުން ފެންނަ ގޮތުގައި ޗައިނާއިން ނަން ދީފައިވާ 11 ތަނަކީ "ޖަންގްނާން" ނުވަތަ ޗައިނާ ބަހުން ދެކުނު ޓިބެޓްގެ ތެރޭގައި ހިމެނޭ ތަނެކެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިސް ބޭފުޅެއް ކަމަށްވާ އަދި ސަރުކާރުގެ ދެވަނަ އަށް އެންމެ ބާރުގަދަ ލީޑަރުގެ ގޮތުގައި ބެލެވޭ ޝާހު ވިދާޅުވީ، އެ ސަރަހައްދުގައި ދިރިއުޅޭ އިންޑިއާ މީހުންނަށް ސުލްހަވެރިކަމާ އެކު ނިދާލެވުނީ ބޯޑަރު ސަރަހައްދުގައި ތިބި ސިފައިންގެ ހިތްވަރާއި ގުރުބާނީގެ ސަބަބުން ކަމަށެވެ.