ޚަބަރު

ކިއުބާގައި ތިބި ދިވެހި 9 ދަރިވަރަކަށް ކެއަރ ޕެކޭޖް ފޮނުވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކިއުބާގައި ކިޔަވަން ތިބި ދިވެހި ނުވަ ދަރިވަރަކަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ކެއަރ ޕެކޭޖްތައް ފޮނުވައިފިއެވެ.

Ads by STELCO

ކޮވިޑް-19ގެ ސަބަބުން އާއްމު ދިރިއުޅުމަށާއި ޒަރޫރީ ތަކެތި ހޯދުމަށް ދަތިތައް ދިމާވެފައިވާ ގައުމުތަކުގައި ތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފޮރިން މިނިސްޓްރީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކިއުބާގައި ތިބި ދިވެހި ދަރިވަރުންނަށް ބޭނުންވާ ކެއަރ ޕެކޭޖްތައް ފޮނުވަނީ ސްރީލަންކާ ސަރުކާރުގެ އެހީތެރިކަމާއެކުގައި ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.

އެގޮތުން ކިއުބާ ތިބި ކޮންމެ ދިވެހި ދަރިވަރަކަށް 20 ކިލޯގެ ތަކެތި އާއިލާތަކުން ފޮނުވާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެދަރިވަރުންތަކަށް ކެއަރ ޕެކޭޖު ފޮނުވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ، އިސްލާމިކް އެފެއަރޒް މިނިސްޓްރީ އަދި އެމް.އޭ.ސީ.އެލް، ކަސްޓަމްސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އިން ފޮރިން މިނިސްޓްރީއަށް އެހީތެރިކަން ފޯރު ކޮށްދީފައިވާކަން ވެސް އެމިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީ މެދުވެރިކޮށް މީގެކުރިން ލަންކާ، އިންޑިއާ، ތައިލެންޑް އަދި މެލޭޝިއާގައި ތިބި ދިވެހިންނަށް ވެސް ކެއަރ ޕެކޭޖު ފޮނުވާފައިވެއެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!