ޚަބަރު

މާލެ ސިޓީ ކައުންސިލުން 5،000އަށްވުރެ ގިނަ ކާށި ބަހައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާލެ ސިޓީ ކައުންސިލަށް  ލިބުނު ކާށިން 5475 ކާށި ފާއިތުވި ދެ ދުވަހު ބަހައިފިއެވެ.

Ads by MWSC

މަޝްހޫރު ވިޔަފާރި ވެރިޔާ ޗަމްޕާ ބްރަދާސްގެ މުހައްމަދު މޫސާ (އުއްޗު) ގެ ފަރާތުން ސިޓީ ކައުންސިލަށް ހަދިޔާ ކުރި 15،000 ކާށީ ބެހުމުގެ މަސައްކަތް މިދިޔަ އަންގާރާ ދުވަހު ވަނީ ފަށައިފައެވެ. އެ ދުވަހު 415 ކާށި ބަހާފައި ވެއެވެ. އަދި އިއްޔެވެސް 5060 ކާށި ވަނީ ކައުންސިލުން ބަހާފައެވެ.

ކާށި ބަހާ ރޭޓުގެ އިތުރުން ބަހަމުންދާނެ ގޮތަށް ކައުންސިލުގެ 4 ވަނަ ދައުރުގެ 97 ވަނަ ޖަލްސާގައި ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން މީގެ ކުރިން 5 ކާށީގެ ރޭޓުން ބަހަމުން ގެންދިޔަ ނަމަވެސް މިހާރު އެ ރޭޓު ވަނީ 10 ކާއްޓަށް ބަދަލު ކޮށްފައެވެ.

މީގެ އިތުރުން ކުރިން ކައުންސިލުން ކާށި ބެހުމަށް ނިންމާފައި ވަނީ ފުރަތަމަ 5 ދުވަހު ހަމައެކަނި އިސްލާމިކް މިނިސްޓްރީގެ ދަފްތަރުގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!