ޕާކިސްތާނުގެ އެންމެ ބާރުގަދަ މީހަކީ އާމީ އިން ޗީފް: އިމްރާން ޚާން
ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާއަކީ ޕާކިސްތާނުގެ ސިޔާސީ މައިދާނުގައި އެންމެ ބާރުގަދަ ބޭފުޅެއް ކަމަށާއި އެންމެން ވެސް އޭނާގެ ނިންމުންތަކަށް ތަބާވާ ކަމަށް ވިދާޅުވެ މަގާމުން ދުރުކުރި ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.
އޭނާ އަލުން ވެރިކަމަށް ވަޑައިނުގަތުމަށް އެގައުމުގެ "ކޮރަޕްޓް މާފިއާތަކާ" އެއްބާރުލުން ދޭ ކަމަށް ބުނެ އަސްކަރީ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ކަމަށެވެ. ޕާކިސްތާނު ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވައި އިމްރާން ވަނީ "އިމްޕޯޓް ކުރާ ސަރުކާރުން" ސުޕްރީމް ކޯޓު ވައްޓާލަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި ސުޕްރީމް ކޯޓާއެކު ތިބުމަށް އެދިވަޑައިގެންފަ އެވެ.
"ޕާކިސްތާނުގެ ސިޔާސީ މައިދާނުގައި އެންމެ ބާރުގަދަ ބޭފުޅަކީ އަސްކަރިއްޔާގެ ވެރިޔާ. އެންމެންވެސް އޭނާގެ ނިންމުންތަކަށް ތަބާވެއެވެ. އަސްކަރިއްޔާގެ މުއައްސަސާއިން ކޮރަޕްޓް މާފިއާ - ޝަރީފްންނާއި ޒަރްދާރީންނަށް އެއްބާރުލުން ދެނީ ހަމައެކަނި އަޅުގަނޑު ވެރިކަމަށް ނާންނާނެ ކަން ކަށަވަރު ކުރުމަށް،" އޭނާ ވިދާޅުވި އެވެ.
އެގައުމުގެ ސުޕްރީމް ކޯޓުގައި ބައިބައިވުން އުފެދިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން އިމްރާން ވިދާޅުވީ މިއީ ގައުމަށް ލިބޭނެ ވަރަށް ބޮޑު ހިތާމައަކަށް ވާނެ ކަމަށެވެ.
"ސުޕްރީމް ކޯޓުގައި ބައިބައިވުން ވެގެންދާނީ ވަރަށް ބޮޑު ހިތާމައަކަށް. އަޅުގަނޑު ޤައުމަށް އިލްތިމާސް ކުރަން، މި އިމްޕޯޓް ކުރާ ސަރުކާރުން، އެ ކޯޓު ބަދުނާމުކުރުމަށް ޓަކައި ހުރިހާ މަސައްކަތެއް ކުރަމުންދާ މި ދަނޑިވަޅުގައި، ސުޕްރީމް ކޯޓާއެކު ތެދުވުމަށް.
"ލެޓް މީ ޓެލް ޔޫ... ޕާކިސްތާނުގައި މިހާރު ޑިމޮކްރަސީ އޮތީ ސުޕްރީމް ކޯޓް ކިޔާ ތްރެޑެއްގައި ކަމަށާއި އެ ގައުމުގައި ޑިމޮކްރަސީ ބޭނުންވާ އެންމެން ވެސް ތިބެން ޖެހޭނީ އެ ކަމާ އެކުގައި،" ކްރިކެޓް ކުޅުންތެރިއަކަށް ބަދަލުވި 70 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.