ދުނިޔެ

ސޫދާނުގައި ބޮޑެތި ހަމަނުޖެހުންތަކެއް، އެތައް ބަޔަކު މަރުވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސޫދާނުގެ އަސްކަރިއްޔާއާއި އެ ޤައުމުގައި ހަރަކާތްތެރިވާ ހަނގުރަމާވެރި ޖަމާއަތެއް ކަމުގައިވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އިން އެގައުމުގެ އެކި ހިސާބުތަކުގައި ބޮޑެތި ހަމަނުޖެހުންތަކާއި ހަމަލާ ބަދަލުކުރުންތައް ކުރިއަށް ގެންދާއިރު މިހަމާތަކުގައި އެތަށް ބަޔަކު މަރުވެއްޖެއެވެ.

Ads by Sosun Fihaara

ރިޕޯޓްތައް ބުނާގޮތުން އަސްކަރީ ބަޣާވާތަކުން 2021 ވަނަ އަހަރު ވެރިކަން ވައްޓާލުމަށްފަހު އެ ޤައުމަށް ޑިމޮކްރަސީ ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އުފެދުނު ނުތަނަވަސްކަމެއްގެ ސަބަބުން ފެށުނު މިހަމަނުޖެހުންތަކުގެ ސަބަބުން މިހާތަނަށް މަރުވެފައިވާ އެންމެންނަކީ އާއްމުންކަން އަދި ކަށަވަރެއްނުވެއެވެ.

ސޫދާންގެ ޑޮކްޓަރުންގެ ޔޫނިއަނުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހަނގުރާމައިގައި 27 މީހުން މަރުވެ، 170 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި ހުޅަނގު ދާރުފޫރު ސަރަހައްދާއި އުތުރުގެ އަވަށެއް ކަމަށްވާ މެރޯގެ އަސްކަރިއްޔާ އާއި ޕެރަމިލިޓަރީ ފޯސް ފަދަ އެތައް ބަޔަކު މަރުވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ހަމަނުޖެހުންތަކުގެ ސަބަބުން ޚަރްތޫމް އިންޓަނޭޝަނަލް އެއާޕޯޓަށް ބޮޑެތި އެއާލައިންތަކުން ވަނީ ދަތުރުތައް މެދުކަނޑާލައިފައެވެ. އެހެންނަމަވެސް އެއާޕޯޓު ބަންދުކުރިކަން ރަސްމީކޮށް އިއުލާނެއްނުކުރެއެވެ. އެ އެއާޕޯޓު ސަހަރައްދުގައި ދަނީ ހަމަލާ ބަދަލުކުރުންތައް ކުރިއަށް ގެންދަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!