ދުނިޔެ

ހޮސްޕިޓަލުތަކުން ސެނިޓައިޒާ ފުޅިތައް ވަގަށް ނަގަނީ، މުޅި ދުނިޔެ ޕެނިކް މޯޑަށް

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެކި ހިސާބުތަކުން އެއް ލައްކަ އަށް ވުރެ ގިނަ ކޮރޯނާ ވައިރަހުގެ ކޭސް ތައް ރިޕޯޓުކޮށްފައި ވާއިރު ދުނިޔެ މިވަނީ ޕެނިކް މޯޑަކަށް ގޮސްފައެވެ. މިގޮތުން ހޮސްޕިޓަލު ތަކުން ސެނިޓައިޒާ ފުޅި ވަގަށް ނަގާ މައްސަލަތަކެއް ވެސް މި ވަނީ ފެންމަތިވެފައެވެ.

Ads by WAMCO

އިންގްލޭންޑުގައި ހުންނަ ނޯތްހަމްޕްޓަން ޖެނެރަލް ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުން ހޮސްޕިޓަލުގައި ހުންނަ ސެނިޓައިޒާ ފުޅި ވަގަށް ނަގާ މައްސަލަ ބޮޑުވެފައިވާއިރު ސެނިޓައިޒާ ހުސްވެދާނެ ކަމުގެ ބިރުވެސް ވަނީ ބޮޑުވެފައެވެ. އެ ހޮސްޕިޓަލުގެ ތަރުޖަމާނު ބީބީސީ އަށް މައުލޫމާތު ދިން ގޮތުގައި ހޮސްޕިޓަލުގެ އެނދުތައް ކައިރީގައި ބަހައްޓާފައި ހުންނަ 400 އެމްއެލް ސެނިޓައިޒަރ ފުޅިތައް ކޮންމެ ރެއަކު ގެއްލޭ ކަމަށެވެ.

އިންގްލޭންޑުން މިހާތަނަށް ކޮރޯނާ ވައިރަސް ގެ 163 ކޭސް ފެނިފައިވާއިރު 75 އަހަރުގެ އަންހެނެއް ވަނީ މި ވައިރަހުގެ ޖެހިގެން މަރުވެފައެވެ.

ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވާއިރު ވައިރަހުން ރައްކާތެރި ވުމަށް ބޭނުންވާ މާސްކާއި ސެނިޓައިޒާ ފަދަ ތަކެތި ހުސްވެދާނެ ކަމަުގެ ބިރު އޮތީ ގިނަ ގައުމުތަކަަކަށް ހީވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ވެރިޔާ ޑރ.ޓެޑްރޯސް ގެބްރޭސަސް ވިދާޅުވެފައިވާ ގޮތުގައި ދުނިޔެއަށް ދިމާވެފައިވާ ކޮރޯނާ ވައިރަސްގެ ބަލިމަޑުކަމަކީ އިންސާނިއްޔަތު މިހާތަނަށް ތަޖުރިބާކޮށްފައި ނުވާ ވަރުގެ ތަފާތު ބަލިމަޑުކަމެކެވެ. ނޭވާލާ ނިޒާމަށް ޖެހޭ ވައިރަސްއެއް މުޅި މުޖުތަމައުއަށް އެއްފަހަރާ ފެތުރޭގޮތަށް މީގެކުރިން ދުނިޔެ ތަޖުރިބާކޮށްފައި ނުވާކަމަށް ޑރ.ޓެޑްރޯސް މާރޗް 2 ވަނަ ދުވަހު ޓްވީޓް ކުރައްވާފައި ވެއެވެ. މިއީ އާދައިގެ ބައްޔެއް ނޫނެވެ. މިއީ ފެތުރޭ ބާރުމިނަށް ބަލާއިރު ސާސް ވައިރަސްއަށް ވުރެވެސް ނުރައްކާތެރި ވައިރަސް އެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!