ދުނިޔެ

މޮންޓާނާގައި ޓިކްޓޮކް މަނާކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ މޮންޓާނާ ސްޓޭޓްގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރަން އެސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ފާސްކޮށްފިއެވެ.

Ads by Sosun Fihaara

މޮންޓާނާގައި ޓިކްޓޮކް މަނާކުރަން ބިލް ފާސްކޮށްފައި ވަނީ ހުކުރު ދުވަހުއެވެ.

އެސްބީ 419 ގެ ނަމުން ނަން ދީފައިވާ މިބިލުން، މޯބައިލް އެޕް ސްޓޯރތަކުން ފޯނުތަކަށް ޓިކްޓޮކް ޑައުންލޯޑް ކުރެވުނަ ދިނުން މަނާ ވާނެއެވެ. މިބިލް ފާސް ކުރުމަމަށް މޮންޓާނާގެ މަޖިލީހުގެ 54 މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.

މިބިލް ތަސްތީގުކޮށް ގާނުނަށް ވެއްޖެނަމަ، އެޕަލް އަދި ގޫގުލް އަށް ވެސް އެޕް ސްޓޯރ މެދުވެރިކޮށް ޓިކްޓޮކް ޑައުންލޯޑް ކުރެވޭނެ ގޮތް ހަދައިފި ނަމަ، އެދެކުންފުންޏާ ދެކޮޅަށްވެސް ފިޔަވަޅު އަޅާނެއެވެ.

ނަމަވެސް މިކަން ސަރުކާރުން ތަންފީޒު ކުރާނީ ކިހިނެއް ކަމެއް އަދި ސާފެއް ނޫނެވެ.

މަޖިލީހުން ބިލް ފާސްވުމާއެކު، މޮންޓާނާގެ ގަވަރުނަރަށް ވަނީ ފޮނުވާފައެވެ. ގަވަރުނަރުގެ އޮފީހުން ވަނީ، ބިލް ތަސްތީގު ކުރުމުގެ ކުރިން ވަރަށް ރަނގަޅަށް ބަލާނެ ކަމަށް ބުނެފައެވެ.

ޓިކްޓޮކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މޮންޓާނާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ ހައްގުގައި އެކުންފުނިން ވަކާލާތުކުރާނެ ކަމަށެވެ.

އެމެރިކާގެ ގާނުނު ހަދާ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ދަނީ އެގައުމުގައި ޓިކްޓޮކް މަނާކުރަން ގޮވާލަމުންނެވެ. މެންބަރުން ގަބޫލުރާގޮތުގައި ޓިކްޓޮކުން ދަނީ އެމެރިކާގެ މައުލޫމާތާއި ޑޭޓާ ޗައިނާ ސަރުކާރާ ހިއްސާކުރަމުންނެވެ. ނަމަވެސް ޓިކްޓޮކުން ދަނީ މިތުހުމަތުތައް ތަކުރާރުކޮށް ދޮގު ކުރަމުންނެވެ.

މިހާތަނަށް އައިރު އެއްވެސް ޑޭޓާއެއް ޗައިނާ ސަރުކާރާ ހިއްސާކޮށްފައި ނުވާނެ ކަމަށާއި ކުރިއަށްއޮތްތާގައި ވެސް ނުކުރާނެކަމަށް ޓިކްޓޮކުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!