ދުނިޔެ

ޗައިނާއިން އާ އެންޓާކްޓިކާ ސްޓޭޝަންގެ މަސައްކަތް ހަލުވިކޮށްފި - ރިޕޯޓް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވޮޝިންޓަންގެ ތިންކް ޓޭންކަކުން ނެގި އާ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ޗައިނާގެ އެންޓާކްޓިކް ފުޓްޕްރިންޓް އިތުރުކުރަމުން ދަނީ 2018 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ދެކުނު ޕޯލާ ސަރަހައްދުގައި ހުންނަ އެ ގައުމުގެ ފަސް ވަނަ ސްޓޭޝަންގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ.

Ads by WAMCO

އާކްޓިކްގައި އާ ޝިޕިން ރޫޓްތައް ތަރައްގީކޮށް އެންޓާޓިކާގައި އެ ގައުމުގެ ދިރާސާތައް ފުޅާކުރަން ބެއިޖިން އިން މަސައްކަތް ކުރި ނަމަވެސް ހުޅަނގުގެ ސަރުކާރުތަކުން ކަންބޮޑުވަނީ ޕޯލާ ސަރަހައްދުތަކުގައި އެ އުޅަނދުގެ އަދަދު އިތުރުވުމުން ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) އަށް ސަވައިލަންސް ކުރުމުގެ ގާބިލްކަން ރަނގަޅު ވާނެ ކަމަށެވެ.

ސެންޓާ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް) އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ރޮސް ކަނޑު ކައިރީގައި އޮންނަ އިންއެކްސްޕްރެސިބަލް އައިލެންޑްގައި ގާއިމްކުރާ އާ ސްޓޭޝަނުގައި ސެޓެލައިޓް ގްރައުންޑް ސްޓޭޝަނަކާއެކު އޮބްޒަވޭޓަރީއެއް ހިމެނޭނެ ކަމަށް ބެލެވޭ ކަމަށާއި، ޗައިނާއަށް އެ ކޮންޓިނެންޓަށް ވަނުމުގެ ގާބިލުކަމުގެ "ބޮޑު ފަރަގެއް" ފޫބެއްދުމަށް އެހީތެރިވެދޭނެ ކަމަށެވެ.

ސީއެސްއައިއެސް އިން ޖެނުއަރީ މަހު ނެގި ސެޓެލައިޓް ފޮޓޯތައް ބޭނުންކޮށްގެން 5،000 އަކަ މީޓަރު (53،820 އަކަފޫޓު) ސްޓޭޝަންގައި އާ ސަޕޯޓް ފެސިލިޓީތަކާއި ވަގުތީ އިމާރާތްތަކާއި ހެލިކޮޕްޓަރު ޕެޑާއި ބޮޑު މައި އިމާރާތެއްގެ ފައުންޑޭޝަންތައް ދެނެގަތެވެ. އަދި 2024 ވަނަ އަހަރުގެ ނިޔަލަށް އިމާރާތް ކުރެވޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

"މި ސްޓޭޝަނުން ޗައިނާގެ ސައިންޓިފިކް ޕޯލާ އޮބްޒަވޭޝަން ސެޓެލައިޓްތައް އިތުރުވަމުންދާ ރޭންޖަށް ޓްރެކިން އާއި މުވާސަލާތީ ވަސީލަތްތައް ފޯރުކޮށްދެވުނު ނަމަވެސް، އެހެން ގައުމުތަކުގެ ސެޓެލައިޓް ކޮމިއުނިކޭޝަންތައް އިންޓަސެޕްޓް ކުރުމަށް އެ ސްޓޭޝަނުގެ އާލާތްތައް އެއްފަހަރާ ބޭނުން ކުރެވިދާނެ،" ސީއެސްއައިއެސް އިން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!