ވިޔަފާރި

އީދު ސުފްރާމަތީގެ ފޮޓޯ ފޭސްބުކްގައި ޝެއަރކޮށްގެން ފައިސާގެ އިނާމު ލިބޭ މުބާރާތެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

"ސްޓެލްކޯ ޢީދު މަލާފަތް ޕްރޮމޯޝަން"ގެ ނަމުގައި އީދު ދުވަހުގެ ސުފްރާމަތީގެ ފޮޓޯ ޕޯސްޓްކޮށްގެން ފައިސާގެ އިނާމު ލިބޭ މުބާރާތެއް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯއިން) އިން އިއުލާންކޮށްފިއެވެ.

Ads by Sosun Fihaara

ސްޓެލްކޯ ޢީދު މަލާފަތް މުބާރާތަކީ ފޭސްބުކްގައި އީދު މަލާފަތުގެ ފޮޓޯ ހިއްސާކޮށްގެން ބައިވެރިވެވޭ މުބާރާތެކެވެ. މިގޮތުން މާދަމާ #stelcoeidmalaafaiy ހޭޝްޓެގާއެކު ފޮޓޯ ހިއްސާ ކުރާ ފަރާތްތަކުގެ ތެރެއިން ވަނަވަނައަށްދާ ފަރާތްތައް ހޮވުމަށް ވަނީ ނިންމާފައެވެ. އެސްޓީއޯއިން ބުނީ މާދަމާ ރޭ 11:59ހަމައަށް މުބާރާތުގައި ބައިވެރިވުމުގެ ފުރސަތު އޮންނާނެ ކަމަށެވެ

މި މުބާރަތުގެ1 ވަނައަށް 5000 ރުފިޔާ ، 2 ވަނައަށް 3000 ރުފިޔާ ، 3 ވަނައަށް 2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި  ވަނަތައް ދޭއިރު ބަލާނީ އެންމެ ގިނަ ލައިކް އަދި ޝެއަރއަށްށެވެ. ފޭސްބުކްގައި ޕޯސްޓްކުރާ ފޮޓޯގެ ޕްރައިވެސީ ސެޓިންގ ހުންނަންވާނީ "ޕަބްލިކް"ގައެވެ

Ads by Allied Insurance
  1. ާއަހްމަދު

    ދެއްކުންތެރި ކޮންމެ ކަމެއް ފަހުޒަމާނުގަ ވާނީ ރަނގަޅު ކަމަކަށް މިދުނިޔޭގަ