ދުނިޔެ

އިންޑިއާގައި އެޕަލްގެ އިންވެސްޓްމެންޓްތައް ތިން ގުނައަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ ޓެކް ކުންފުނި އެޕަލް <އޭއޭޕީއެލް.އޯ> އިން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އެކްސްޕޯޓާއެކު އިންޑިއާގައި ކުރާ އިންވެސްޓްމަންޓްތައް ދެގުނަ ނުވަތަ ތިން ގުނަ އަށް އިތުރުވެދާނެ ކަމަށް އެ ކުންފުނިން ޗައިނާ އަށް ފަހު ދުނިޔޭގެ އެންމެ ބޮޑު ސްމާޓްފޯން މާކެޓުގައި ދެވަނަ ފިހާރައެއް ހުޅުވުމުން ވަޒީރަކު ވިދާޅުވި އެވެ.

Ads by Sosun Fihaara

އެޕަލް އިން މައިގަނޑު ގޮތެއްގައި އިންޑިއާގައި އައިފޯން އެސެމްބަލް ކުރަނީ ޓައިވާންގެ ކޮންޓްރެކްޓް އުފައްދާ ކުންފުނިތައް މެދުވެރިކޮށެވެ.

އިންޑިއާ ސެލިއުލާ އެންޑް އިލެކްޓްރޯނިކްސް އެސޯސިއޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށް އިންޑިއާއިން އެކްސްޕޯޓްކުރި ގާތްގަނޑަކަށް ނުވަ ބިލިއަން ޑޮލަރުގެ ޖުމްލަ ސްމާޓްފޯނުގެ ދެބައިކުޅަ އެއްބަޔަކީ އެ ކުންފުނީގެ އައިފޯނެވެ.

އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ރަޖީވް ޗަންދްރަޝޭކަރު ރޮއިޓާސްއަށް ވިދާޅުވީ، އެޕަލް-އިންޑިއާ ޕާޓްނާޝިޕްގެ ސަބަބުން އިންވެސްޓްމަންޓާއި ކުރިއެރުމާއި އެކްސްޕޯޓް އަދި ވަޒީފާތައް ދެގުނައަށް އިތުރުވެ، ތިން ގުނަ އަށް އިތުރުވެފައިވާކަން ވަރަށް ބޮޑަށް ޔަގީންވާ ކަމަށެވެ.

އޭނާ މިހެން ވިދާޅުވީ އެޕަލްގެ ޗީފް އެގްޒެކެޓިވް ޓިމް ކުކްއާ އެކު ވެރިރަށް ނިއު ދިއްލީގައި ބުދަ ދުވަހު ބޭއްވި ބައްދަލުވުމަށް ފަހު އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވެސް ބައްދަލުކުރެއްވި ކުކް ވިދާޅުވީ އެޕަލް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއެރުމާއި އިންވެސްޓްކުރުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ.

އިންޑިއާގެ ވެރިރަށް މުމްބާއީގައި އެޕަލްގެ ފުރަތަމަ އައުޓްލެޓް ހުޅުވިތާ ދެ ދުވަސް ފަހުން މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ ނިއު ދިއްލީގައި އެޕަލްގެ ފިހާރައެއް ހުޅުވައިފަ އެވެ.

"އަހަރެމެން މިތަނަށް އައީ ހަމައެކަނި ޓިމް ކުކް ބަލާލަން،" ދިއްލީ ސްޓޯރުގައި ކިޔޫގައި ތިބި އެންޑްރޮއިޑް ފޯނު ބޭނުންކުރާ 32 އަހަރުގެ މަނިކާ މެހެތާ ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!