ދުނިޔެ

ޓައިވާނާ ބެހޭ ގޮތުން ދެކުނު ކޮރެއާގެ ރައީސް ދެއްކެވި ވާހަކަފުޅާ ގުޅިގެން ޗައިނާގެ ނުރުހުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދެކުނު ކޮރެއާގެ ރައީސް ޓައިވާނާ ބެހޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ޗައިނާގެ ނައިބު ޚާރިޖީ ވަޒީރު ސަން ވެއިޑޮންގް ދެކުނު ކޮރެއާގެ ސަފީރަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހުށަހަޅުއްވާފައިވާ ކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

Ads by WAMCO

ރޮއިޓާސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް ވިދާޅުވީ ޓައިވާނުގެ ވަށައިގެން ނުތަނަވަސްކަން އިތުރުވީ ބާރުގެ ބޭނުންކޮށްގެން ހާލަތު ބަދަލުކުރަން މަސައްކަތް ކުރުމުގެ ސަބަބުން ކަމަށާއި އެފަދަ ބަދަލަކާ ދެކޮޅު ހައްދަވާ ކަމަށެވެ.

"ޓައިވާނުގެ މައްސަލައަކީ ހަމައެކަނި ޗައިނާ އާއި ޓައިވާންގެ މައްސަލައެއް ނޫން، އުތުރު ކޮރެއާގެ މައްސަލަ ފަދައިން މިއީ މުޅި ދުނިޔޭގައި ވެސް އޮތް މައްސަލައެއް،" ޔޫން ވިދާޅުވި އެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޫންގެ ވާހަކަތަކަކީ މުޅިން ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ.

"ދެކުނު ކޮރެއާގެ ލީޑަރު ވަން ޗައިނާ ގެ އުސޫލެއްގެ ވާހަކަ ނުދެއްކެވި ނަމަވެސް ޓައިވާނުގެ މައްސަލަ ކޮރެއާ ޕެނިންސިއުލާ ގެ މައްސަލައާ އެއްވަރު ކުރެއްވި،" ސަން ވިދާޅުވި އެވެ.

"އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ އަކީ ވެސް އދ. ކޮރެއަން ޕެނިންސުލާގެ މައްސަލައާއި ޓައިވާނުގެ މައްސަލައަކީ ގުދުރަތީ ގޮތުންނާއި ލެޓިޓިއުޑާއި ލޭންޓިއުޑް އަދި ލޭންޓިއުޑްގެ ގޮތުން މުޅިން ތަފާތު މައްސަލަތަކެއް ކަން އެންމެންނަށް ވެސް އެނގޭ ހަގީގަތެކެވެ.

ޗައިނާއިން ބުނަނީ ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާ ޓައިވާނަކީ އެގައުމުގެ އަމިއްލަ ސަރަހައްދެއްގެ ބައެއް ކަމަށާއި ޓައިޕޭ ވަރަށް ބޮޑަށް ދެކޮޅު ހަދާ މަގާމެއް ކަމަށާއި ޓައިވާނަކީ ޗައިނާގެ ސަރަހައްދެއް ކަމަށް އެ ގައުމާ ގުޅުން އޮންނަ ގައުމުތަކުން ގެންގުޅެން ޖެހޭ ކަމަށެވެ.

"ސަން" އިން މި ޝަކުވާ ހުށަހެޅީ ދެކުނު ކޮރެއާއިން ޓައިވާނާ ގުޅުން ހުރި ކަންކަން "ވިސްނުންތެރިކަމާއެކު" ބަލަހައްޓަން ޖެހޭ ކަމަށް ބުނެ ޗައިނާގެ ހާރިޖީ ވުޒާރާއިން މިދިޔަ ހަފުތާގައި ފާޑުކިޔަމުން ދަނިކޮށެވެ. ބެއިޖިންގެ ވާހަކަތަކާ ގުޅިގެން ދެކުނު ކޮރެއާއިން ވަނީ ޗައިނާގެ ސަފީރު ހާޒިރުކޮށް އެކަމަށް ރައްދު ދީފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!