ދުނިޔެ

ކަނޑުގެ މައްސަލަތަކާ ގުޅިގެން ޕިލިޕީންސްއިން ޗައިނާއާއެކު މަޝްވަރާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ އާއި އޭނާގެ ފޮރިން ސެކްރެޓަރީ ޗައިނާގެ ފޮރިން މިނިސްޓަރު ކިން ގޭންގްއާ ހޮނިހިރު ދުވަހު ބައްދަލު ކުރައްވާފައިވާއިރު މެނީލާ އާއި ބެއިޖިން އިން ވަނީ ދެކުނު ޗައިނާ ކަނޑުގެ ކަނޑުގެ ހިޔާލުތަފާތުވުންތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވައުދުވެފަ އެވެ.

Ads by WAMCO

މެނީލާގައި އެ ގައުމުތަކުގެ އިސް އޮފިޝަލުންގެ މެދުގައި ކުރިއަށް ގެންދާ މަޝްވަރާތަކަކީ އިންޑިއާ ޕެސިފިކް ސަރަހައްދުގައި ސްޓްރެޓެޖިކް އެޑްވާންޓޭޖަށް ދެ ސުޕަޕަވަރުން ހަނގުރާމަ ކުރަމުންދާ ދަނޑިވަޅެއްގައި އެމެރިކާ އާއި ޗައިނާގެ ލީޑަރުންނާ އެކު ފިލިޕީންސްގެ މަތީ ފަންތީގެ ބައްދަލުވުންތަކުގެ ތެރެއިން އެންމެ ފަހުގެ ބައްދަލުވުމެވެ.

"ހަމަނުޖެހުންތަކާ ގުޅޭ ގޮތުން، ހުޅަނގު ފިލިޕީންސް ކަނޑުގައި ޗައިނާ އާއި ފިލިޕީންސް ބައިވެރިވާ ކޮންމެ ހާދިސާއެއް ހިނގައިފިނަމަ އެކަން ވަގުތުން ހައްލުކުރެވޭނެ ގޮތަށް މުވާސަލާތީ އިތުރު ލައިންތަކެއް ގާއިމުކުރަން އެއްބަސްވީ،" މާކޯސް ވިދާޅުވި އެވެ. މެނީލާ އަކީ ހުޅަނގު ފިލިޕީންސް ކަނޑު ކަމަށް ބުނާ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދެވެ.

މާކޯސް ވިދާޅުވީ ކިންގެ މި ދަތުރުފުޅަކީ އަވަށްޓެރި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރާ މަސައްކަތުގައި ވާހަކަ ދެއްކުމަށާއި ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ދަތުރެއް ކަމަށެވެ.

ކިން އާއި ފިލިޕީންސްގެ ފޮރިން ސެކްރެޓަރީ އެންރީކޭ މަނާލޯ ވަނީ މިދިޔަ ހޮނިހިރު ދުވަހު ފެށި ދެ ގައުމުގެ މަޝްވަރާތަކުގައި ސްޓްރެޓެޖިކް އަދި ސަރަހައްދީ މައްސަލަތަކާ ބެހޭ ގޮތުން ހިޔާލުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

މަޝްވަރާތައް ފައްޓަވަމުން ކިން ވިދާޅުވީ އެކުވެރިކަމުގެ އާދަކާދަ ދެމެހެއްޓުމަށާއި އެއްބާރުލުން އިތުރަށް ބަދަހިކޮށް ހިޔާލު ތަފާތުވުންތައް ރަނގަޅަށް ހައްލުކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެކުގައި މަސައްކަތް ކުރުމަކީ މި ސަރަހައްދާއި ދުނިޔޭގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.

މަނަލޯ ވަނީ ފިލިޕީންސް އިން ވަން ޗައިނާ ޕޮލިސީއަށް ބޯލަނބާނެކަމުގެ ޔަގީންކަން ދެއްވާފައިވާއިރު، ޓައިވާން ކަނޑުއޮޅިގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޗައިނާއިން ފިލިޕީންސަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިދިޔަ ހަފުތާގައި ވަނީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުން އެމެރިކާއަށް އަސްކަރީ މަރުކަޒަށް ވަނުމުގެ ފުރުސަތު ފުޅާކޮށް ސަރަހައްދީ ނުތަނަވަސްކަމުގެ އަލިފާން ރޯކުރާ ކަމަށް ތުހުމަތު ކުރައްވައި، އެ ގައުމަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

ފިލިޕީންސުން މިމަހު ވަނީ އެމެރިކާގެ އިތުރު ހަތަރު އަސްކަރީ މަރުކަޒެއް ހުންނާނެކަން އިއުލާނުކޮށްފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!