ޚަބަރު ސިޔާސީ

ޗާގޯސްގެ މައްސަލާގައި ދިވެހި ސަރުކާރުގެ ސްޓޭންޑް ބަދަލުކުރުމަށް ގޮވައިލަން: ކާނަލް ނާޒިމް 

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް--

ޗާގޯސްގެ މައްސަލާގައި ޓްރައިބިއުނަލް އިން ނިންމުމެއް ނެރުމުގެ ކުރިން ދިވެހި ސަރުކާރުގެ ސްޓޭންޑް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ދިވެހި ސަރުކާރަށް ގޮވައިލައްވައިފިއެވެ.

Ads by MWSC

ނާޒިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗާގޯސްގެ މައްސަލާގައި ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުން ބޮޑުބައެއް ގެއްލޭގޮތަށް ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި ދިވެހި ސަރުކާރުން ނަގާފައިވާ ސްޓޭންޑް ކުށްވެރިކުރައްވާ ކަމަށެވެ.

"ޗާގޯސްގެ މައްސަލާގައި ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބޮޑުބައެއް ގެއްލޭގޮތަށް ބައިނަލްއަޤްވާމީ ޓްރައިބިއުނަލްގައި ދިވެހި ސަރުކާރުން ނަގާފައިވާ ސްޓޭންޑް ކުށްވެރިކުރަން. މިމައްސަލާގައި ޓްރައިބިއުނަލް އިން ނިންމުމެއް ނެރުމުގެ ކުރިން ދިވެހި ސަރުކާރުގެ ސްޓޭންޑް ބަދަލުކުރުމަށް ދިވެހި ސަރުކާރަށް ގޮވާލަން" ނާޒިމް ވިދާޅުވިއެވެ.

ކަނޑުގެ ސަރަހައްދުގެ މައްސަލާގައި މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ މިމަހުގެ 28 ވަނަ ދުވަހު ނިންމަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިންވަނީ ނިންމާފައެވެ.

ކަނޑުތަކާބެހޭ ބައިނަލްއަގްވާމީ ޓްރައިބިއުނަލަށް މޮރިޝަސްއިން ހުށަހެޅީ ސަރަހައްދީ އިމުގެ މައްސަލައެވެ. އެ މައްސަލާގެ އަޑުއެހުންތައް އެ ޓްރައިބިއުނަލުން މިދިޔަ އަހަރު ވަނީ ނިންމައިލައިފައެވެ.

އިޓްލޮސްއިން ބުނިގޮތުގައި އެ މައްސަލާގެ ޓްރައިބިއުނަލްގެ ނިންމުން މިމަހުގެ 28 ވަނަ ދުވަހު މެންދުރު އިއްވާނެ ކަމަށެވެ. އެ މަޖިލިސް ލައިވްކޮށް ދައްކާނެ ކަމަށް އިޓްލޮސްއިން ބުންޏެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!