ޕާކިސްތާނުގެ ކައުންޓަރ ޓެރަރިޒަމް އޮފީހުގައި ދިން ބޮމުގެ ހަމަލާއެއްގައި 12 މީހުން މަރުވެއްޖެ
ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ހުންނަ ކައުންޓަރ ޓެރަރިޒަމް ފެސިލިޓީއެއްގައި ދެ ބޮމެއް ގޮއްވާލައި 12 މީހުން މަރުވެ 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކަބަލްގެ ފުލުހުންގެ އޮފިޝަލެއް ކަމަށްވާ ޝަރީފްالله ޚާން އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ ސްވަޓް ވާދީގައި ހުންނަ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓް (ސީޓީޑީ) ގައި ހޯމަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި 12 މީހުން މަރުވެފައިވާ ކަމަށާއި 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި ބޮން ގޮއްވާލީ "ޓެރަރިޒަމްގެ" ސަބަބުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ބޮން ގޮއްވާލީ ސީޓީޑީ އިމާރާތުގެ ބޭސްމަންޓްގައި ހުރި އެކްސްޕްލޯސިވް މެޓީރިއަލްގައި އަލިފާން ރޯވުމުން" ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބިލްޑިން ކޮމްޕްލެކްސްގައި ކަބަލް ޑިސްޓްރިކްޓް ޕޮލިސް ސްޓޭޝަނާއި ރިޒާވް ޕޮލިސް ފޯސްގެ ހެޑްކުއާޓަރު ވެސް ހުރި ނަމަވެސް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކައުންޓާ ޓެރަރިޒަމް ޑިޕާޓްމަންޓްގެ އިމާރާތަށެވެ.
ޕްރޮވިންސްގެ ޕޮލިސް ޗީފް އަޚްތަރު ހަޔާތު ވިދާޅުވީ އެ އޮފީހުގައި ކުރީގެ އެމިއުނިޝަން ސްޓޯރެއް ހުރި ކަމަށާއި ބޮން ގޮއްވާލީ އޭގެ ސަބަބުންތޯ ނުވަތަ އެއީ ހަމަލާއެއްތޯ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.
ފުލުހުންގެ ބޮޑެތި މަރުކަޒުތަކަށް ދިން ދެ ހަމަލާއަކީ މިއަހަރު ފެށުނީއްސުރެ ޕާކިސްތާނުގެ ތާލިބާނުންގެ ނަމުން ނަންދީފައިވާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އާ ގުޅިފައިވާ ހަމަލާއެކެވެ.
ހޯމަ ދުވަހު މަރުވި މީހުންގެ ތެރޭގައި ގިނައީ ފުލުހުންގެ ކައުންޓާ ޓެރަރިޒަމް އޮފިސަރުން ކަމަށާއި އެ އިމާރާތުގެ ކައިރިން ދިޔަ އަންހެނަކާއި އޭނާގެ ކުއްޖަކު ވެސް މަރުވެފައިވާ ކަމަށް ހަޔާތު ވިދާޅުވި އެވެ.
ޚައިބަރު ޕަޚްތޫންޚުވާގެ ޕްރޮވިންޝަލް ރެސްކިއު ސަރވިސްގެ ތަރުޖަމާނު ބިލާލް ފާއިޒީ ވިދާޅުވީ ޒަޚަމްވި އިތުރު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދަނީ އިބްތިދާއީ މަރުހަލާގައި ކަމަށެވެ.
ރީޖަނަލް ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޝަނުން ބުނީ ޒަހަމްވި އެތައް ބަޔަކު ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށެވެ.