ޚަބަރު އިޖުތިމާޢީ

އޮފީސް މާހައުލުގައި ކަރަންޓު އިޤްތިޞާދު ކުރުމަށް ސްޓެލްކޯއިން ޚާއްސަ ފިޔަވަޅުތަކެއް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިދުވަސްވަރަކީ ހޫނު ދުވަސްވަރަކަށް ވުމުން ކަރަންޓު ބޭނުންކުރާ މިންވަރުން އިންތިހާއަށް މަތިވެފައިވާތީ އޮފީސް މާހައުލުގައި ކަރަންޓް އިޤްތިޞާދު ކުރުމަށްޓަކަށް ސްޓެލްކޯއިން ޚާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި ޕީކްލޯޑް ދަށްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުންފުނީގެ ހުރިހާ އެއާރކޮންޑިޝަންތަކެއް 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ބެހެއްޓުމަށް ނިންމާ، ހޫނުން ސަލާމަތްވުމަށްޓަކައި، ރަސްމީ އޮފީސް ހެދުމުގެ ބަދަލުގައި، ކުރިއަށް އޮތް އެއްމަސް ދުވަހަށް، ކުންފުނީގެ ޔުނީފޯމްގައި އޮފީހަށް އައުމުގެ އިހުތިޔާރު ހުރިހާ މުވައްޒަފުންނަށް މިހާރު ވަނީ މުވައްޒަފުންނަށް ދީފައެވެ.

މީގެ އިތުރުން ހޫނު މޫސުމާއި ގުޅިގެން، ރެކޯޑް އަދަދަކަށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، ސްޓެލްކޯއިން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކަށް މެދުނުކެނޑި ފޯރުވައިދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަކޮށް، ހަރުދަނާ ކުރުމަށްޓަކައި، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފްގެ ބެއްލެވުމުގެ ދަށުން ޚާއްސަ ޓީމެއް އެކުލަވާލައި، އެ ޓީމުގެ މަސައްކަތްތައް މިއަދު ވަނީ ފަށާފައިކަމަށްވެސް އެކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.

މިދުވަސްވަރަކީ އާދަޔާ ޚިލާފަށް ހޫނު ގަދަ ދުވަސްވަރެއްކަމުން ކަރަންޓު ބޭނުންކުރާ މިންވަރު މަތިވެ ކަރަންޓު އިޤްތިޞާދު ކުރުމަށް ސްޓެލްކޯއިން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!