ޚަބަރު

މިއަދު މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިދާނެ!

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާލޭގެ ބޮޑުބަޔަކުން މިއަދު ގިނައިރުތަކެއް ވަންދެން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތަށް ގަލޮޅުގެ މަޖީދީމަގާއި، ފާށަނާކިލެގެ މަގާއި، އަލިކިލެގެފާނު މަގާއި ސަބްދެރިޔާ މަގުގެ އިތުރުން ބޮޑުރަސްގެފާނު މަގުން މިއަދު 13:00 އިން 15:00އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށެވެ.

ހަމަ އެ ވަގުތު ގަލޮޅުގެ ބޮޑުތަކުރުފާނުމަގާއި، ހަވީރީމަގާއި ރަބީއީ ހިނގުމުގެ އިތުރުން ކާނޭޝަން މަގުން ވެސް ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.

ގަލޮޅުގެ އޯކިޑްމަގާއި، ފަރީދީމަގާއި، ފަނޑިޔާރުމަގާއި މަޖީދީމަގުގެ އިތުރުން ޗަމްޕާމަގުން މިއަދު 14:00 އިން 16:00އަށް ކަރަންޓު ކެނޑިދާނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އަދި ހަމަ އެ ވަގުތު، މާފަންނުގެ ބޮޑުތަކުރުފާނު މަގައި ބޮޑުފުންގަނޑު މަގާއި، މަޖީދީ މަގާއި، ބުރެވި މަގުގެ އިތުރުން، ވައިޖެހޭ މަގާއި، ލަސިމޫ ގޯޅިން ވެސް ކަރަންޓު ކެނޑިދާނެއެވެ.

މި ވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!