ޖަރުމަނުން ޗައިނާއަށް ޗިޕް ކެމިކަލް އެކްސްޕޯޓް ކުރުން މަނާކޮށްފާނެ
ބްލޫމްބާގް ނިއުސް އިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އޭޝިއާގެ އިގްތިސާދީ ސުޕަޕަވާއަށް އިގްތިސާދީ ގޮތުން ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ސެމީކޮންޑަކްޓަރު އުފައްދަން ބޭނުންކުރާ ކެމިކަލްތައް ޖަރުމަނަށް އެކްސްޕޯޓް ކުރުން މަދުކުރެވިދާނެ އެވެ.
އަދި ވެސް މިފިޔަވަޅު އެޅުމުގެ މަޝްވަރާތައް ފެށުމުގެ މަރުހަލާގައި އޮތް ނަމަވެސް މަޝްވަރާތަކުގައި ބައިވެރިވާ އޮފިޝަލުންނަށް އެނގޭ ގޮތުގައި އެފަދަ ފިޔަވަޅެއްގެ ސަބަބުން ބެއިޖިންއާ އެކު އޮންނަ ވިޔަފާރީގެ ގުޅުމަށް ބުރޫ އަރާފާނެ ކަން އެ ކަމާ ބެހޭ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓުގައި ވެ އެވެ.
ބްލޫމްބާގްގެ ރިޕޯޓާ ބެހޭ ގޮތުން ޖަރުމަނު ސަރުކާރުގެ ވުޒާރާތަކުން އަދި އެއްވެސް އެއްޗެއް ކަށަވަރުކޮށްދީފައި ނުވާއިރު، ބާލިންގައި ހުންނަ ޗައިނާ އެމްބަސީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މިއީ ޖަރުމަނުވިލާތުން ޗައިނާއާ އެކު އޮތް ގުޅުން އަލުން މުރާޖައާ ކުރާއިރު، އެ ގައުމުން ވިސްނަމުންދާ އެންމެ ފަހުގެ ފިޔަވަޅެވެ. ޗާންސެލަރ އޮލާފް ޝޮލްޒްގެ ކޯލިޝަން ސަރުކާރުން އެޤައުމުގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއަށް އިންސާފުވެރި މާކެޓް އެކްސެސް ދިނުމަށް ބާރުއަޅަމުންދާއިރު، ސްޓްރެޓެޖިކް ވާދަވެރިއެއްގެ ގޮތުގައި ބެއިޖިންގއަށް ވެސް ދަނީ ވަރަށް ބޮޑަށް ސަމާލުކަން ދެމުންނެވެ.
ޖަރުމަނުވިލާތުގެ ކެމިކަލް ކުންފުނިތައް ކަމަށްވާ މާކް ކޭޖީއޭއޭ (MRCG.DE) އާއި ބީއޭއެސްއެފް (BASFn.DE) އިން ވަނީ އެކްސްޕޯޓް ކުރުން މަނާކޮށްފި ނަމަ އެކަމުގެ އަސަރު ކުރާނެ ކަމަށް ބުނެފަ އެވެ. އެ ރިޕޯޓާ އެކު މާކް ކޭޖީއޭއޭގެ ހިއްސާ ވަނީ 0.5 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
ބްލޫމްބާގްގެ ރިޕޯޓުގައި ވާ މީހަކު ބުނި ގޮތުގައި އެކްސްޕޯޓް ކޮންޓްރޯލްތައް ތަންފީޒު ކުރުމަށް އެންމެ އަވަސް އަދި އެންމެ އަމަލީ ގޮތަކީ ޖަރުމަނުގެ ނެޝަނަލް ޑުއަލް ޔޫސް ލިސްޓުގައި ކަމާ ގުޅޭ މުދަލާއި ހިދުމަތްތައް ހިމެނުމެވެ.