ޚަބަރު

އެސްޓީއޯގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 77 ރުފިޔާ ބެހުމަށް އެސްޓީއޯގެ ބޯޑުން ރުހުންދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 77 ރުފިޔާ ބެހުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ރުހުންދެއްވައިފިއެވެ.

Ads by MWSC

އެސްޓީއޯއިން ވިދާޅުވީ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެ އަހަރުގެ ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 77.0 ރުފިޔާ ބަހަން ހުށަހެޅުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އަދި އެ އަދަދު ފާސަކޮށްދެއްވުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅޭނެ ކަމަށާއި ހިއްސާގެ ފައިދާ ބަހާނީ އަހަރީ އާންމު ޖަލްސާއިން ފާސްވުމަށްފަހު ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.

މިދިޔަ އަހަރު އެސްޓީއޯއިން ބަހާފައިވަނީ ހިއްސާއަކަށް 65 ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ އަދަދަކީ މިދިޔަ އަހަރާއި އަޅާބަލާއިރު 12 ރުފިޔާގެ އިތުރުވުމެކެވެ. 2020 ވަނަ އަހަރު އެސްޓީއޯއިން ހިއްސާއަކަށް ބަހާފައިވަނީ 58 ރުފިޔާއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!