ދުނިޔެ

ޒަމާންވީ ދިފާއީ ގުޅުން ބަދަހިކުރަން އިންޑިއާ އާއި ރަޝިއާ އެއްބަސްވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ އާއި ރަޝިއާގެ ދިފާއީ ވަޒީރުންގެ މެދުގައި ހުކުރު ދުވަހު ބޭއްވި މަޝްވަރާތަކުގައި ދިފާއީ ގުޅުން ބަދަހިކުރުމަށް އެއްބަސްވެފައިވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

Ads by WAMCO

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި ރާޖްނާތު ސިންގް އާއި ސަރްގޭ ޝޮއިގޫ ވަނީ މަޝްވަރާކުރައްވާފައެވެ.

އަދި އިންޑިއާ އާއި ރަޝިއާއާ ދެމެދު އޮންނަ ތަފާތު، ދިގު މުއްދަތަކަށް ދެމެހެއްޓެނިވި އަދި ޒަމާނުއްސުރެ އިމްތިހާނު ކުރެވިފައިވާ ގުޅުން އެ ބޭފުޅުން ގަބޫލުކުރެއްވި ކަމަށް އެ ބަޔާނުގައި ވެ އެވެ.

އަދި ދެޤައުމުގެ ދެމެދުގައި، ޚާއްޞަކޮށް ދިފާޢީ ދާއިރާއިން ދެޤައުމުގެ މެދުގައި އޮންނަ އިތުބާރާއި އިޙްތިރާމް ދެމެހެއްޓެނިވި ގޮތެއްގައި

ދުނިޔޭގައި އެންމެ ގިނައިން ހަތިޔާރު އެތެރެކުރާ އިންޑިއާއިން އަސްކަރީ ސަޕްލައިގެ ދެބައިކުޅަ އެއްބައި ރަޝިއާއަށް ބަރޯސާވެފައިވާއިރު، ފާއިތުވި އަހަރުތަކުގައި އިންޑިއާއިން ވަނީ ހަނގުރާމަމަތީ ޖެޓާއި ޓޭންކްތަކާއި ނިއުކްލިއާ ސަބްމެރިންގެ އިތުރުން މަތިންދާބޯޓު އުފުލާ އުޅަނދެއް ގަނެފައެވެ.

ނަމަވެސް ޔޫކްރެއިންގައި ހިނގި ހަނގުރާމައިގެ ސަބަބުން އިންޑިއާގެ ޓޭންކާއި ފައިޓާ ޖެޓް ފްލީޓްތައް ބެލެހެއްޓުމަށް މުހިންމު ރަޝިއާގެ ސްޕެއާތަކުގެ ސަޕްލައި ހުއްޓި، ރަޝިއާގެ ވައިގެ ދިފާއީ ނިޒާމުތައް ފޯރުކޮށްދިނުން ވަނީ ލަސްވެފަ އެވެ.

ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ޒިންމާ ރަޝިޔާއަށް ފާޅުގައި އަޅުވަން އެންޑިއާއިން ދެކޮޅު ހަދައި، މޮސްކޯއާއެކު ކުރާ ވިޔަފާރީގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުކޮށްފައިވާއިރު، އޭގެ މައިގަނޑު ސަބަބަކީ ރަޝިޔާގެ ތެޔޮ އެތެރެކުރުމެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރޭނަށް އަރައިގަތުމަށްފަހު މޮސްކޯ އެކަހެރިކުރަން މަސައްކަތް ކުރަމުންދާއިރު ހުޅަނގުގެ ބައެއް ލީޑަރުން ވަނީ ރަޝިޔާއާ އިންޑިއާ ގާތްކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރަޝިޔާގެ ތެޔޮ ގަތުމުގައި އެގައުމުގެ މަސްލަހަތު ދިފާއުކޮށް، ހަމަނުޖެހުންތަކަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ބާރު އަޅާފައިވާ ކަމަށް ނިއު ދިއްލީން ބުނެފި އެވެ.

ކުރިއަށް އޮތް ހަފުތާތަކުގައި ޔޫކްރެއިން ސިފައިންގެ ފަރާތުން ކައުންޓާ އެޓޭކްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބެލެވޭ މޮސްކޯގައި އަންގާރަ ދުވަހު އީރާނާއި ސީރިއާ އަދި ތުރުކީގެ ދިފާއީ ވަޒީރުން ހޯސްޓްކޮށްފައިވާއިރު، ޝޯއިގޫ ވެސް ވަނީ އޭޕްރީލް 18 ވަނަ ދުވަހު ޗައިނާގެ ދިފާއީ ވަޒީރާ އެކު މަޝްވަރާކޮށްފަ އެވެ.

އެސް.ސީ.އޯގެ ބައްދަލުވުމުގައި ޝޯއިގޫ ވިދާޅުވީ ޔޫކްރެއިންގައި ހުޅަނގުގެ ހަގީގީ އަމާޒަކީ ސްޓްރެޓެޖިކް ގޮތުން ރަޝިޔާ ބަލިކޮށް، ޗައިނާއަށް ނުރައްކަލެއް ކުރިމަތިކުރުވުމާއި، އަމިއްލަ މޮނޮޕޮލީ ޕޮޒިޝަން ދެމެހެއްޓުން ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!