ޚަބަރު

ގަމުގައި އުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން
ގަން
ލ.ގަމު މަތިން ނަގާފައިވާ ފޮޓޯއެއް. ދެން ފައިލް ފޮޓޯ: މުޙައްމަދު އަރީޙް

ލ. ގަމުގައި އުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

Ads by STELCO

ގަމު ކައުންސިލްގެ ރައީސް އަހްމަދު ޒަކީ “ދެން” އަށް މަޢުލޫމާތު ދެމުން ވިދާޅުވީ މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން ދިވަސްވީ ފިރިހެނެއް ކަމަށެވެ.

އޭނާ ފެނިފައިވަނީ މިއަދު ހެނދުނު މޫދަށް ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް މެންދުރު ފަހު 1 ހާއިރު ކަމަށް ޒަކީ ވިދާޅުވިއެވެ.

“މިއަދު ހެނދުނު މޫދަށް ދިޔައީ. ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނުނީ ގޮނޑުދޮށުގަ ލައްގާފަ އޮއްވާ. ފެނުނު އިރުވެސް އޮތީ ނިޔާވެފަ” ގަމު ކައުންސިލްގެ ރައީސް ޒަކީ ވިދާޅުވިއެެވެ.

ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 69 އަހަރުގެ ފިރިހެނެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!