ދުނިޔެ

ޗައިނާއިން ޓައިވާންގެ ވަށައިގެން ޑްރޯން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ މެރިޓައިމް ޕެޓްރޯލް މަތިންދާބޯޓެއް ޓައިވާން ކަނޑުއޮޅިން ޓްރާންސިޓް ކުރަމުން ދަނިކޮށް، ޗައިނާގެ ކަނޑުގެ އަސްކަރީ މަތިންދާ ބޯޓެއް ޓައިވާނުގެ ވަށައިގެން އުދުހިފައިވާ ކަމަށް އެ ރަށުގެ ދިފާއީ ވުޒާރާއިން ބުނެފި އެވެ.

Ads by WAMCO

ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާ ޓައިވާނަކީ އެގައުމުގެ އަމިއްލަ ސަރަހައްދެއްގެ ގޮތުގައި ދެކޭ ޗައިނާއިން ފާއިތުވި ތިން އަހަރުގެ ތެރޭގައި ޓައިޕޭގެ އިސްތިގުލާލުގެ ދައުވަތު ގަބޫލުކުރަން މަޖުބޫރު ކުރަން މަސައްކަތް ކުރަމުން ދަނިކޮށް އެ ރަށަށް އަސްކަރީ ޕްރެޝަރު ވަނީ އިތުރުކޮށްފަ އެވެ.

ޓައިވާނުގެ ރައީސް ސައި އިންގް-ވެން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ކެވިން މެކާތީއާ އެމެރިކާގެ ލޮސް އެންޖެލިސްގައި ބައްދަލުކުރެއްވުމާ ގުޅިގެން ޗައިނާއިން ވަނީ ޓައިވާނުގެ ވަށައިގެން ހަނގުރާމައިގެ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައެވެ.

ޓައިވާނުގެ ދިފާއީ ވުޒާރާއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޗައިނާގެ އަސްކަރީ ހަރަކާތްތަކުގެ އަޕްޑޭޓްގައި ބުނެފައިވަނީ އެގައުމުގެ ވައިގެ ދިފާއީ އައިޑެންޓިފިކޭޝަން ޒޯނަށް 19 އަސްކަރީ މަތިންދާ ބޯޓެއް ވަދެފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެއް ޑްރޯނަކީ ޓައިވާނުގެ ވަށައިގެން އުދުހެމުން ދިޔަ ޓީބީ-001 ޑްރޯންއެއް ކަމަށާއި، ފުރަތަމަ ފިލިޕީންސުން ޓައިވާން ވަކިކުރާ ބަޝީ ޗެނަލް ހުރަސްކޮށް، އޭގެ ފަހުން ޓައިވާނުގެ އިރުމަތީ ފަރާތު ހުރަސްކޮށް ޗައިނާގެ އައްސޭރިފަށާ ދިމާލަށް އެނބުރި ގޮސްފައިވާ ކަމަށް އެ މިނިސްޓްރީން ދީފައިވާ މެޕެއްގައި ބުނެފައިވެ އެވެ.

ޓައިވާންގެ ނޭޝަނަލް ޕޮލިސީ ފައުންޑޭޝަންގެ ތިންކް ޓޭންކްގެ އަސްކަރީ ރިސާޗަރެއް ކަމަށްވާ ޗިއެހް ޗުންގް ވިދާޅުވީ ހަނގުރާމައެއްގެ ތެރޭގައި ޗައިނާއިން ޓީބީ-001 ފޮނުވާނީ ޓައިވާނުން ރިޒާވް ފައުޖުތަކަށް ހިޔާވަހިކަން ދޭ އެ ރަށުގެ އިރުމަތީ އައްސޭރިފަށުގައި ހުރި ޓާގެޓްތައް ދެނެގަތުމަށެވެ.

"މީގެ ސަބަބުން ހުޅަނގު ޕެސިފިކްސަރަހައްދުގައި ކޮމިއުނިސްޓްގެ އަސްކަރިއްޔާގެ ކަނޑުގެ އަސްކަރިއްޔާއާއި ވައިގެ ސިފައިންނަށް ވައިގެ ސިފައިންގެ ސްޓްރައިކް ގްރޫޕްތައް ނުވަތަ ކެރިއާ ބެޓްލް ގްރޫޕްތައް ހިމެނޭ ގޮތަށް އިރުމަތީ އައްސޭރިފަށަށް ހަމަލާ ދިނުމުގެ ފުރުސަތު ލިބިގެންދާނެ" އޭނާ ވިދާޅުވި އެވެ.

އަދި މިއީ ޓައިވާނުގެ ވަށައިގެން ޗައިނާގެ ޑްރޯނެއް ދަތުރުކުރި ފުރަތަމަ ފަހަރު ނޫން ކަމަށާއި، މިއީ ޓައިވާނުގެ ވައިގެ ދިފާއީ ސަރަހައްދުގެ ތެރެއިން މުޅިން ވެސް އެކަން ކުރި ފުރަތަމަ ފަހަރު ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ޓީބީ-001 އަކީ "ޓްވިން ޓޭލްޑް ސްކޯޕިއަން" ގެ ގޮތުގައި ސިފަކޮށް މިސައިލް އުފުލާ ފޮޓޯތައް ދައްކައި، އެއީ އުސް، ދުރު ރާސްތާ މިޝަންތަކަށް ކުޅަދާނަ އުޅަނދެއް ކަމަށް ބުނެފައިވެ އެވެ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!