ޗައިނާގެ ކުންފުންޏެއް 2.48 މިލިޔަން ޑޮލަރުން ޖޫރިމަނާކޮށްފި
ޗައިނާ ނޭޝަނަލް ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީއެންޕީސީ) އިން ޕާކިސްތާންގެ ކުންފުންޏެއް ކަމަށްވާ ޕެޓްރޯލިއަމް އެކްސްޕްލޯރޭޝަން (ޕްރައިވެޓް) ލިމިޓެޑާ އެކު ހަދާފައިވާ އެއްބަސްވުމާ ހިލާފުވި ކަމަށް ބުނެ ސިވިލް ގާޒީ ސައީދު މުހައްމަދު ޒާހިދު ޓާމިނީ 2.48 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.
މި މައްސަލައިގެ ތަފްސީލުތަކަށް ބަލާއިރު 2001 ވަނަ އަހަރުގެ ކުރީކޮޅު ސީއެންޕީސީ ޕާކިސްތާނަށް އައީ ރިގްސް އާއި ޑްރިލިންގެ ދާއިރާއިން އެކްސްޕްލޮރޭޝަން އަދި ޕްރޮޑަކްޝަން ކުންފުނިތަކަށް ހިދުމަތް ދޭ ކުންފުންޏެއްގެ ގޮތުގަ އެވެ.
21 ވަނަ ގަރުނުގެ ފުރަތަމަ ދިހައިގެ ތެރޭގައި ޕާކިސްތާނަކީ އެކްސްޕްލޮރޭޝަން އަދި ޕްރޮޑަކްޝަން ކުންފުނިތަކަށް ވަރަށް ބޮޑު ފުރުސަތެއް އޮތް ގައުމެއް ކަމަށް ބެލެވި، ބޭރުގެ ކުންފުނިތައް ވަރަށް ގިނައިން ފެނުނެވެ. އެހެންނަމަވެސް ގްރޭޓް އިންފްލޯއަކީ ވާދަވެރިކަން ބޮޑު ކުންފުންޏަކަށްވާތީ، ބޭރުގެ މިފަދަ ވާދަވެރި ކުންފުނިތަކާއެކު ވިޔަފާރި އުފައްދައި އުފެއްދުމުގައި ސީއެންޕީސީއަށް ދަތިތަކެއް ކުރިމަތިވިއެވެ.
ވަގުތު ބޭނުންވާތީ އާއި ބޭނުންވާ ހެޑް ސްޓާޓް ހޯދުމަށް ޓަކައި ސީއެންޕީސީން ވަނީ ލޯކަލް ކުންފުންޏާއެކު އެއްބަސްވުމެއް ހަދައި، ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.
ފެށުނީއްސުރެ މިއަދާ ހަމައަށް ސީއެންޕީސީއިން ވަނީ ލޯކަލް ކުންފުނީގެ އެހީގައި ޑްރިލިން ކޮންޓްރެކްޓްތައް ހޯދައި، ޕާކިސްތާނުގައި އެ ކުންފުނީގެ ހިންގުން ދަމަހައްޓައިފަ އެވެ. ސީއެންޕީސީއިން ކޮންޓްރެކްޓާ ހިލާފުވެފައިވާ ކަމަށް ބުނާ މައްސަލަ އެ ކުންފުނިން ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.
އެ ކޯޓުން ވަނީ އެ ކުންފުންޏާ އެއްކޮޅަށް 2.48 މިލިއަން ޑޮލަރުގެ އިބްތިދާއީ ގަރާރެއް ފާސްކޮށްފަ އެވެ.