ދުނިޔެ

ޕާކިސްތާން-ޗައިނާ އިކޮނޮމިކް ޕާޓްނާޝިޕް ހުއްޓުމަކަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕެޓްރޯލިއަމް އެކްސްޕްލޮރޭޝަން (ޕްރައިވެޓް) ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމާ ހިލާފުވި ކަމަށް ބުނެ ޕާކިސްތާނުގެ ސިވިލް ކޯޓުން ދާދި ފަހުން ޗައިނާ ނޭޝަނަލް ޕެޓްރޯލިއަމް ކޯޕަރޭޝަނުން 2.48 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމާ އެކު، ޕާކިސްތާނަށް ކުރިމަތިވެފައިވާ މާލީ ހީނަރުކަމުގެ ސަބަބުން ދެ ގައުމުގެ މެދުގައި އިގްތިސާދީ ގޮތުން އޮތް އިތުބާރު އަނެއްކާވެސް ވަނީ ގޯސްވެފައެވެ.

Ads by Sosun Fihaara

ސީޕީއީސީގެ ދަށުން މިހާރުވެސް ހިންގަމުން އަންނަ ގިނަ ޕްރޮޖެކްޓްތަކުގެ ތެރޭގައި މެއިން ލައިން 1 (އެމްއެލް-އައި) - ކަރާޗީ އާއި ޕިޝާވަރާއި ދެމެދު އޮންނަ ރޭލްވޭ ލައިން އަދި ކަރާޗީ ސާކިއުލާ ރޭލްވޭ (ކޭސީއާރް) ހިމެނެ އެވެ.

މީގެ އިތުރުން ދެ ސަރުކާރުގެ މެދުގައި ހައްލު ނުކުރެވި ހުރި ހިޔާލު ތަފާތުވުންތައް އުފެދި، ގިނަ މަޝްރޫއުތަކެއް ވަނީ ހުއްޓިފަ އެވެ. އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ޗައިނާއިން ކުރާ އިންވެސްޓްމަންޓްތައް މަޑުޖައްސާލީ އެ މަޝްރޫއުތަކަކީ ލޯކަލް ޕޮލިޓިކްސްއަށް ނުރައްކާވެފައިވާ ޕްރޮޖެކްޓްތަކަކަށް ވާތީ އާއި އިންވެސްޓްމަންޓުން ލިބޭ ރިޓާން ލަސްވާތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ތަފާތުތައް އާ ނޫން ނަމަވެސް، ބަންދު ދޮރުތަކުގެ ފަހަތުގައި ބަހައްޓާފައި އެބަހުއްޓެވެ.

ޗައިނާގެ މަސްލަހަތަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން އިގްތިސާދީ އެއްބާރުލުމަށް ވެސް ވަނީ ނޭދެވޭ އަސަރުކޮށްފަ އެވެ. ޕާކިސްތާނަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ސަބަބުން އެކި މަޝްރޫއުތަކުގައި މާލީ ޒިންމާއަދާކުރުމުގެ ގާބިލްކަން ވަނީ އިތުރަށް ދަށްވެފަ އެވެ.

ޕާކިސްތާނުގައި ގިނަ އިންޑިޕެންޑެންޓް ޕަވާ ޕްރޮޑިއުސަރސް (އައިޕީޕީ) އާ އެކު އޮޅުވާލައިގެން އެއްބަސްވުންތަކުގައި ސޮއިކުރުމާއި ޓެކުހަށް ލުޔެއް ލިބުން ފަދަ ޝައްކު އުފެދޭ އަމަލުތައް ވެސް ޗައިނާގެ މައްޗަށް ވަނީ ކޮށްފަ އެވެ. ޕާކިސްތާން ސަރުކާރާއެކު ކުރިން ވެފައިވާ އެއްބަސްވުމުގެ އެއްވެސް މާއްދާއެއް މުރާޖައާ ކުރެވޭނެ ހާލަތެއްގައި އެގައުމުގެ ކޮމާޝަލް ބޭންކުތައް ނެތް ކަމަށް ބުނެ ތިން ބިލިއަން ޑޮލަރުގެ ކަރަންޓު ގަތުމުގެ އެއްބަސްވުންތަކާ މެދު އަލުން މަޝްވަރާ ކުރަން ޗައިނާއިން ދަނީ ތަކުރާރުކޮށް ދެކޮޅު ހަދަމުންނެވެ.

ޕާކިސްތާނުގެ ރިޕޯޓެއްގައި ބުނެފައިވަނީ ޗައިނާގެ ކޮންޓްރެކްޓަރުން ސީޕީއީސީގެ ދެ އިންޖީނުގެއަކުން އިސްލާމްއާބާދުގެ އަތުން ތިން ބިލިއަން ޑޮލަރު ނަގަމުންދާ ކަމަށެވެ. އަދި އެ އެއްބަސްވުންތަކަކީ ގޯސްކޮށް މަޝްވަރާކޮށްފައިވާ، މާ އަގުބޮޑު ނުވަތަ ޗައިނާއަށް މާ ބޮޑަށް ތާއީދުކުރާ އެއްބަސްވުންތަކެއް ކަމަށް ބުނެ ކަންބޮޑުވުން ވެސް އެބަހުއްޓެވެ.

ޝައްކު ކުރެވޭ މަޝްރޫއުތަކަށް ޗައިނާއިން ދޫކުރާ ލޯނުތަކުން ލޯކަލް އިގްތިސާދަށް މާބޮޑު ފައިދާއެއް ނުކުރާނެކަން ޕާކިސްތާނުގެ އާބާދީއަށް އެނގުނީ ޗައިނާގެ ހަރަދުގައި ހިންގާ މަޝްރޫއުތައް ޗައިނާގެ ކުންފުނިތަކަށާއި ބޮޑު އިންޓަރެސްޓް ލޯނު އޮންނަ މުވައްޒަފުންނަށް ދޭތީ އެވެ.

ޗައިނާގެ ދަރަނީގެ ތެރެއަށް ޕާކިސްތާން މިހާރު ވެސް ވެއްޓި، އެ ގައުމުގެ އިގްތިސާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ޗައިނާއަށް ބަރޯސާވާ މިންވަރު އިތުރުވުމުގެ ސަބަބުން ޕާކިސްތާނަށް ވަނީ ބޮޑެތި ދަރަނިތަކެއް ކުރިމަތިވެ، ނަގުދު ފައިސާ އާއި ރިޒާވް ދަށަށް ގޮސްފައެވެ. ޕާކިސްތާނުން 30 ބިލިއަން ޑޮލަރު ނުވަތަ ބޭރުގެ ދައުލަތުގެ ދަރަނީގެ ތިންބައިކުޅަ އެއްބައި ޗައިނާ އާއި ޗައިނާގެ ކޮމާޝަލް ބޭންކުތަކަށް ދައްކަން ޖެހޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!