ޚަބަރު

މުދަލު ޒަކާތުގެ ނިޞާބު ބޮޑު ކޮށްފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސް، 7312.55ރ. (ހަތްހާސް ތިންސަތޭކަ ބާރަ ރުފިޔާ ފަންސާސް ފަސްލާރި) އަކީ ނިޞާބު ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅުއްވައިފިއެވެ.

Ads by Hajj Corporation

މިދިޔަ  މަހުގެ 30 ވަނަ ދުވަހުން ފެށިގެން ނިޞާބު ވަނީ އިތުރުކޮށްފައެވެ. އެންމެ ފަހުން ނިޞާބަށް ބަދަލު ގެނެސްފައިވަނީ މިއަހަރު ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އޭރު ނިޞާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 7062.65ރ.އެވެ. ނަމަވެސް މިހާރު ގެނެވިފައިވާ ބަދަލުން 249.9ރ. ވަނީ އިތުރުވެފައެވެ.

ނިޞާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ.

މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށްވާއިރު، އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބުހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖްރީ ގޮތުން އެއް އަހަރު ވުމުން، ޝަރްޢީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި (2.5%) ނެރެން ޖެހެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!