ގަހެއް ކަނޑަން އުޅުމުގެ ތެރޭގައި ގޮފިގަނޑަކުން ޖެހި މީހަކު ނިޔާވެއްޖެ

ގަހެއް ކަނޑަން އުޅުމުގެ ތެރޭގައި ގޮފިގަނޑަކުން ޖެހި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގީ ދެކުނުގެ ރިސޯޓެއްގައި ގަހެއް ކެނޑުމުގެ މަސައްކަތް ކުރަނިކޮށް ވިއްސައިގެން ދިޔަ ގޮފިގަނޑެއް އެމީހާގެ ބޮލުގައި ޖެހިގެން ކަމަށެެވެ.
އަދި ނިޔާވެފައިވަނީ 61 އަހަރުގެ ދިވެހި ފިރިހެން ކަމަށާއި އޭނާ ނިޔާވީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

Ads by HDC