އަފްގާނުގެ ފޮރިން މިނިސްޓަރު ޕާކިސްތާނާއި ޗައިނާގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރަނީ
އަފްޣާނިސްތާނުން ޕާކިސްތާނަށް ވަޑައިގެން ޕާކިސްތާނާއި ޗައިނާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވުމަށް ތާލިބާނުންގެ އިންތިގާލީ ޚާރިޖީ ވަޒީރު މައުލަވީ އާމިރު ޚާން މުއްތަކީއަށް ފުރުސަތު ދިނުމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ކޮމިޓީއަކުން އެއްބަސްވެއްޖެއެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ހޯމަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާކިސްތާނުގެ އދ.ގެ މިޝަނުން ވަނީ "ޕާކިސްތާނާއި ޗައިނާގެ ޚާރިޖީ ވަޒީރުންނާ އެކު ބޭއްވުމަށް" މި މަހުގެ ހަވަނަ ދުވަހުން ފެށިގެން ނުވަވަނަ ދުވަހާ ދެމެދު މުއްތަކީއަށް ދަތުރުކުރުމުގެ ލުޔެއް ދިނުމަށް އެދިފައެވެ.
އަފްޣާނިސްތާނުން ޕާކިސްތާނަށް ވަޑައިގެން ޕާކިސްތާނާއި ޗައިނާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވުމަށް ތާލިބާނުންގެ އިންތިގާލީ ޚާރިޖީ ވަޒީރު މައުލަވީ އާމިރު ޚާން މުއްތަކީއަށް ފުރުސަތު ދިނުމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ކޮމިޓީއަކުން އެއްބަސްވެއްޖެއެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ހޯމަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާކިސްތާނުގެ އދ.ގެ މިޝަނުން ވަނީ "ޕާކިސްތާނާއި ޗައިނާގެ ޚާރިޖީ ވަޒީރުންނާ އެކު ބޭއްވުމަށް" މި މަހުގެ ހަވަނަ ދުވަހުން ފެށިގެން ނުވަވަނަ ދުވަހާ ދެމެދު މުއްތަކީއަށް ދަތުރުކުރުމުގެ ލުޔެއް ދިނުމަށް އެދިފައެވެ. ...
ތާލިބާން އޮފިޝަލްގެ މި ދަތުރުފުޅުގެ ޚަބަރު ފެތުރިފައި މިވަނީ އަފްޣާނިސްތާނާ ބެހޭ ގޮތުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ އެކު ގާތްގަނޑަކަށް ދެ ޑަޒަން ގައުމަކާއި ބައިނަލްއަގުވާމީ މުއައްސަސާތަކުގެ މަންދޫބުން ހޯމަ ދުވަހު ގަތަރުގައި ބައްދަލުކުރައްވައި، ހާއްސަކޮށް ތާލިބާނުންގެ ވެރިކަމުގައި އަންހެނުންނާއި އަންހެން ކުދިންގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.
އދ.ގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ވިދާޅުވީ ދޯހާގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދާ މި ބައްދަލުވުމުގައި ބައިވެރިވުމަށް ތާލިބާނުންގެ ކަމާބެހޭ ފަރާތްތަކަށް ދައުވަތު ދީފައި ނުވާ ކަމަށެވެ,