ދުނިޔެ

އަންނަ އަހަރު އިންޑިއާގެ އެކްސްޕޯޓް 900 ބިލިޔަނަށް އަރާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާއިން މުދަލާއި ހިދުމަތުގެ އެކްސްޕޯޓު މި އަހަރު 900 ބިލިއަން ޑޮލަރަށް އަރާނެ ކަމަށާއި މިއީ އޭގެ ކުރީ އަހަރު 770 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެކްސްޕޯޓްކުރާ ގައުމުތަކުގެ ގްރޫޕެއްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

Ads by WAMCO

ފެޑެރޭޝަން އޮފް އިންޑިއަން އެކްސްޕޯޓް އޯގަނައިޒޭޝަންސް (އެފްއައިއީއޯ)ގެ ޑިރެކްޓާ ޖެނެރަލް އަޖޭ ސަހާއީ ވިދާޅުވީ މުދާ އެކްސްޕޯޓް ކުރާ މިންވަރު 495 ބިލިއަން ޑޮލަރާއި 500 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ފުޅާވެ، 2024 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ސާވިސް އެކްސްޕޯޓް 400 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.

އަދި ބޭރުގެ ޑިމާންޑް ގިނަ މާކެޓުތަކުގައި އަދިވެސް ވަރުގަދަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރޭޑް މިނިސްޓަރު ޕިއުޝް ގޯޔަލް ވަނީ ޔޫކްރެއިންގައި ހަނގުރާމައިގެ ސަބަބުން ކުރާނެ އަސަރުތަކާއި މުޅި ދުނިޔެއަށް ކުރިމަތިވެދާނެ ހީނަރުކަމަށް ބަލައި އާ މާކެޓްތައް ހޯދުމަށް އެކްސްޕޯޓްކުރާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

"ކުރިއަށް އޮތް ދުވަސްތައް ވަރަށް އުނދަގޫވާނެ،" ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދެމުން ބުދަ ދުވަހުގެ ރޭ އިންޑަސްޓްރީގެ އިވެންޓެއްގައި ވާހަކަ ދައްކަވަމުން ގޯޔަލް ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން 2030 ވަނަ އަހަރުގެ ނިޔަލަށް 2 ޓްރިލިއަން ޑޮލަރުގެ އެކްސްޕޯޓް ޓާގެޓެއް ކަނޑައަޅައި، އިލެކްޓްރޯނިކްސް، އިންޖިނިއަރިން، ފާމަސޫޓިކަލް އަދި އެހެނިހެން މުދަލުގެ އެކްސްޕޯޓް ކުރިއެރުވުމަށް ފައިދާތަކެއް ވަނީ ދީފަ އެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި އެންޑީއައިއޭގެ އެކްސްޕޯޓް 200 ބިލިއަން ޑޮލަރަށް ވުރެ އިތުރުވެފައިވާ އިރު، އޭގެ ސަބަބުން ސޮފްޓްވެއާ، މޮބައިލް އެކްސްޕޯޓް އަދި ދަނޑުވެރިކަމާއި ޕެޓްރޯލިއަމް ގެ ބާވަތްތައް އެކްސްޕޯޓް ކުރުން ވަނީ އިތުރުވެފަ އެވެ.

ނަމަވެސް ފާއިތުވި މަސްތަކުގައި އިންޖިނިއަރިން، ޖެމްސް އަދި ގަހަނާގެ މުދާ އެކްސްޕޯޓް ކުރުން ވަނީ މަޑުޖެހިފަ އެވެ.

ދަނޑުވެރިކަމާއި ޕެޓްރޯލިއަމް އަދި އިލެކްޓްރޯނިކް މުދަލުގެ އެކްސްޕޯޓު ހުޅަނގުގެ ބާޒާރުތަކުގައި ވަރުގަދަވެފައި ވަނީ އަގުތައް ކަނޑައެޅުމުގެ ސަބަބުތަކުގެ ސަބަބުން ކަމަށާއި އޭޝިއާ އަދި މެދުއިރުމަތީގެ ގައުމުތަކަށް އެކްސްޕޯޓް ކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެކްސްޕޯޓްކުރާ ފަރާތްތަކުން ބުނެއެވެ.

މިދިޔަ ހަފުތާގައި ރަޝިއާއަށް ދިޔަ 50 މެމްބަރުންގެ ވިޔަފާރީގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ސަހާއީ ވިދާޅުވީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ފަހު އިންޑިއާގެ މުދަލަށް ހާއްސަކޮށް ކާބޯތަކެތީގެ ޑިމާންޑް ބޮޑު ކަމަށެވެ.

"އިންޑިއާގެ އެކްސްޕޯޓަރުން އުއްމީދު ކުރަނީ ދެ ގައުމުން ވެސް ވަރަށް އަވަހަށް ލޯކަލް ކަރަންސީތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް އެކުލަވާލައި، ރަޝިއާއަށް އިންޑިއާގެ މުދާ ޝިޕްމަންޓަށް މަގުފަހިވެގެންދާނެ ކަމަށް،" ސަހާއީ ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!