ގުރްއާން ގެންގުޅޭތީ އުއިގާ މުސްލިމުންނަކީ ހަރުކަށި ބައެއް

އުއިގާ ދަރިކޮޅުގެ މުސްލިމުންނަކީ ކީރިތި ގުރްއާން ކިޔަވައި އެ ފޮތް ގެންގުޅޭ ބަޔަކަށް ވާތީ، އެ މީހުންނަކީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ބައެއް ކަމަށް ޗައިނާ ސަރުކާރުން ކަނޑައަޅައިފި އެވެ.
ހިއުމަން ރައިޓްސް ވޮޗްގެ ފަރާތުން ކުރި ފޮރެންސިކް ތަހުގީގުތަކަކަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، އުއިގާ ދަރިކޮޅުގެ މުސްލިމުންގެ ފޯނުތައް ޗައިނާ ސަރުކާރުގެ ފަރާތުން ބަލައި ފާސްކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި އެ ފޯނުތަކުން ފެނުނު 50000 އަށް ވުރެ ގިނަ މަލްޓިމީޑިއާ ފައިލްތަކުގައި ހުރި އެއްޗިއްސާ ގުޅޭ ގޮތުން ޗައިނާ ސަރުކާރުން ތަހުގީގުތައް ކުރަމުން އަންނަ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
އެ ގޮތުން، އުއިގާ ދަރިކޮޅުގެ މުސްލިމުންގެ ފޯނުތަކުގައި ކީރިތި ގުރްއާންގެ އެޕްލިކޭޝަންތަކާއި ގުރްއާންގެ އާޔަތްތަކާއި ހަދީސް ހިމެނޭ ލިޔުންތައް ހުރުމުން، އެއީ ހައްދުފަހަނަޅައިފާ ހަރުކަށި ފިކުރުގެ އެއްޗެހި ކަމަށް ބަލައި ޗައިނާ ސަރުކާރުން އަންނަނީ އެފަދަ ފޯނު ގެންގުޅުނު މީހުންގެ ތަހުގީގުތައް ކުރަމުންނެވެ. ހަރުކަށިކަމާއި ޓެރަރިޒަމަށް ހިތްވަރު ލިއްބައިދޭ ތަކެތީގެ ގޮތުގައި ޗައިނާ ސަރުކާރުން ކަނޑައަޅާފައިވާ އެއްޗެހީގެ ތެރޭގައި، ކީރިތި ގުރްއާނުގެ އިތުރުން، ހަރުކަށި އަމަލުތައް ފެންނަ ވީޑިއޯ، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން އުފައްދާފައި ހުންނަ ވީޑިއޯ އާއި އޯޑިއޯ، އުއިގާ ދަރިކޮޅުގެ ހައްގުގައި ވަކާލާތުކުރާ އަމިއްލަ ޖަމާއަތްތަކުގެ ލިޔުންތައް ހިމެނެ އެވެ.
މީގެ އިތުރުން 1989 ވަނަ އަހަރު ޗައިނާގެ ޓިއަނަމަން މައިދާނުގައި ޗައިނާ ސިފައިން ހިންގި ގަތުލު އާންމާ ގުޅޭ ލިޔުންތަކާއި ފޮޓޯތައް ހިމެނޭ ފައިލްތަކަކީ ވެސް، ހަރުކަށިކަމަށް ހިތްވަރުދޭ އެއްޗެހީގެ ގޮތުގައި، ޗައިނާ ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. އޭގެ އިތުރުން ޗައިނާ ސަރުކާރުން އެންމެ ގިނައިން ތަހުގީގު ކުރަމުން އަންނަނީ، އުއިގާ ދަރިކޮޅުގެ މުސްލިމުންގެ ތެރެއިން، އެމީހުންގެ މޮބައިލް ފޯނުގައި ކީރިތި ގުރްއާނުގެ އެޕްލިކޭޝަންތަކާއި މަދަހަ އާއި ދީނީ ލިޔުންތައް ފެނިފައިވާ މީހުންގެ މައްސަލަތަކެ