އެމެރިކާއިން ޓައިވާނަށް 500 މިލިޔަން ޑޮލަރުގެ ހަތިޔާރު ދެނީ
އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ޓައިވާނަށް 500 މިލިއަން ޑޮލަރުގެ ހަތިޔާރުގެ އެހީ ފޮނުވަން ރާވާފައި ވަނީ ޔޫކްރޭނަށް 35 ފަހަރަށް ވުރެ ގިނަ ފަހަރު ބޭނުންކޮށްފައިވާ ހަމަ އިމަޖެންސީ އޮތޯރިޓީ ބޭނުންކޮށްގެން ކަމަށް އެ ޕްލޭނާ ގުޅުން ހުރި ފަރާތަކުން ހުކުރު ދުވަހު ބުނެފި އެވެ.
2023 ވަނަ އަހަރުގެ ބަޖެޓުގެ ދަށުން ކޮންގްރެސް އިން ޓައިވާނަށް އެއް ބިލިއަން ޑޮލަރުގެ ހަތިޔާރުގެ އެހީ ދިނުމަށް ހުއްދަ ދީފައި ވަނީ ސަލާމަތީ އެހީތެރިކަން އަވަސްކޮށް، ޔޫކްރޭނަށް ހަތިޔާރު ފޮނުވުމަށް އެހީތެރިވެދޭ ބާވަތެއްގެ އޮތޯރިޓީއެއް ކަމަށްވާ ޕްރެޒިޑެންޝަލް ޑްރޯޑައުން އޮތޯރިޓީ (ޕީޑީއޭ) ބޭނުންކޮށްގެންނެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮންގްރެސްގެ ރުހުމަކާ ނުލައި އެމެރިކާގެ ސްޓޮކިލްތަކުން ލިޔުންތަކާއި ހިދުމަތްތައް ބަދަލުކުރުމުގެ ބާރު ރައީސަށް ލިބިދޭ މި ޑްރޯޑައުން ވެގެންދާނީ އެ އެއް ބިލިއަން ޑޮލަރުގެ ހުއްދައިގެ ތެރެއިން ފުރަތަމަ ފަހަރަށެވެ.
ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާ ޓައިވާނަކީ އެގައުމުގެ އަމިއްލަ ސަރަހައްދެއްގެ ގޮތުގައި ޗައިނާއިން ދެކޭއިރު، ފާއިތުވި ތިން އަހަރުގެ ތެރޭގައި ޗައިނާއިން ވަނީ އެ ރަށަށް އަސްކަރީ ޕްރެޝަރު ބޮޑުކޮށްފަ އެވެ. ބާރުގެ ބޭނުންކޮށްގެން އެރަށް އެމީހުންގެ ބާރުގެ ދަށަށް ގެނައުން ދުވަހަކުވެސް ދޫކޮށްލާފައެއް ނުވެއެވެ.
ޓައިވާނުގެ ރައީސް ސައި އިންގް-ވެން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ކެވިން މެކާތީއާ އެމެރިކާގެ ލޮސް އެންޖެލިސްގައި ބައްދަލުކުރެއްވުމާ ގުޅިގެން ޗައިނާއިން ވަނީ ޓައިވާނުގެ ވަށައިގެން ހަނގުރާމައިގެ ކުޅިވަރުތައް ކުރިއަށް ގެންގޮސްފައެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ސެނެޓްގެ އާމްޑް ސަރވިސަސް ކޮމެޓީގައި ހެކިބަސް ދެއްވަމުން ޕެންޓަގަންގެ ތަރުޖަމާނު ވިދާޅުވީ، ޑްރޯޑައުން އޮތޯރިޓީގެ ބޭނުން ހިފުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖާއެކު އެމެރިކާ ކުރިއަށް ދަނީތޯ ނުވަތަ ނޫންތޯ ތަރުޖަމާނު ވިދާޅެއް ނުވެ އެވެ.
"އަޅުގަނޑުމެންގެ ވިސްނުން އަދިވެސް އޮތީ އެމެރިކާގެ ޒަމާންވީ ސިޔާސަތާ އެއްގޮތަށް... ޓީއާރްއޭ (ޓައިވާން ރިލޭޝަންސް އެކްޓް) ގެ ދަށުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ކުރިއަށް ގެންދާނެ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
1979 ވަނަ އަހަރުން ފެށިގެން އެމެރިކާ އާއި ޓައިވާނުގެ ގުޅުން ހިންގަމުން އައީ ޓައިވާން ރިލޭޝަންސް އެކްޓްގެ ދަށުން ކަމަށާއި، އެ ގާނޫނުގެ ދަށުން ޓައިވާނަށް ދިފާއުވުމުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް ގާނޫނީ އަސާސެއް ދީފައިވީ ނަމަވެސް ހަމަލާއެއް ދީފިނަމަ ޓައިވާނުގެ އެހީއަށް އެމެރިކާ އައުން ލާޒިމް ނުކުރާ ކަމަށެވެ.
ބްލޫމްބާގް ނިއުސްއިން އެންމެ ފުރަތަމަ ރިޕޯޓްކުރި ޓައިވާނަށް ދޭ އެހީގެ ޕެކޭޖުގައި ހިމަނާނީ ކޮން އެއްޗެއް ކަމެއް ސާފެއް ނުވެ އެވެ. ގަޑިވެސް ނޭނގެއެވެ.