ދެކުނު ޗައިނާ ކަނޑުގެ ހަމަލާއިން ފިލިޕީންސް ދިފާއުކުރުމާ ބެހޭ ގައިޑްލައިނެއް އެމެރިކާއިން ނެރެފި
އެމެރިކާއިން ވަނީ ފިލިޕީންސްއަށް ދިފާއީ މުއާހަދާގެ ވައުދުތައް ކަނޑައެޅިފައިވާ މިންވަރު ވަރަށް ސާފުކޮށް ބަޔާންކޮށް، ދެކުނު ޗައިނާ ކަނޑުގައި ދޭ ހަމަލާތަކާއި، އެ ގައުމުގެ ކޯސްޓްގާޑަށް ދޭ ހަމަލާތަކަށް ހާއްސަގޮތެއްގައި އާ ގައިޑްލައިންތަކެއް ނެރެފަ އެވެ.
ވޮޝިންޓަންގައި ބުދަ ދުވަހު އެއްބަސްވި ހަ ސަފުހާގެ "ބައިލެޓަރަލް ޑިފެންސް ގައިޑްލައިންސް" އަކީ ޗައިނާއާއެކު ނުތަނަވަސްކަން އިތުރުވެ ކަނޑުމަތީގެ ކުރިމަތިލުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި ކުރީގެ އިސްތިއުމާރީ ވެރިޔާއާ އެކު މިއުޗުއަލް ޑިފެންސް ޓްރީޓީ އަޕްޑޭޓް ކުރުމަށް ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާގެ ޒައާމަތުގައި އަނެއްކާވެސް ބާރު އެޅުމާ ގުޅިގެން ނެވެ.
މި ގައިޑްލައިނަކީ 1951 ވަނަ އަހަރު މި މުއާހަދާގައި ސޮއިކުރި ފަހުން ފުރަތަމަ ފަހަރަށް ވާއިރު، ޗައިނާއިން އެގައުމުގެ ކޯސްޓްގާޑަށް ދޭ "ހަރުކަށި" އަމަލުތަކާއި އިންޒާރުތަކާ ގުޅިގެން ފިލިޕީންސްގެ ޑިޕްލޮމެޓިކް ގިނަ މުޒާހަރާތަކެއް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ ކޮށްފަ އެވެ.
މި ގައިޑްލައިންގައި ބުނެފައިވަނީ ދެކުނު ޗައިނާ ކަނޑުގައި ހާއްސަކޮށް ހަމަލާ ދީފިނަމަ އަދި ކޯސްޓްގާޑުގެ އުޅަނދުފަހަރަށް ވެސް އަމާޒުވެއްޖެނަމަ ބައިލެޓަރަލް ޓްރީޓީގެ ވައުދުތައް ތަންފީޒުކުރާނެ ކަމަށެވެ.
މީގެ އިތުރުން ޒަމާނީ ހަނގުރާމައިގެ ވައްތަރުތަކުގެ ވާހަކަތައް ހިމެނުމަށް އަޕްޑޭޓްކޮށްފައިވާ އިރު، އޭގެ ތެރޭގައި "ގްރޭ ޒޯން ޓެކްޓިކްސް" ވެސް ހިމެނެ އެވެ. އެ ގައިޑްލައިންގައި ޗައިނާގެ ވާހަކަ ވަކިން ހިމަނާފައެއް ނުވެ އެވެ.
ޕެންޓަގަން އިން ބުނީ އެއްގަމާއި ކަނޑު، ވައި، ޖައްވީ އަދި ސައިބާސްޕޭސް ފަދަ ގިނަ ޑޮމެއިންތަކުގައި ނުރައްކާތައް ކުރިމަތިވެދާނެކަން ދެނެގަނެ، އެސިމެޓްރިކަލް، ހައިބްރިޑް އަދި ގަވާއިދާ ހިލާފަށް ހަނގުރާމަކުރުމާއި ގްރޭ ޒޯން ޓެކްޓިކްސްގެ ސިފައިގައި، ކޮންވެންޝަނަލް އަދި ނޮން ކޮންވެންޝަނަލް ޑޮމެއިންތަކުގައި އިންޓައޮޕަރަބިލިޓީ ބިނާކުރެވޭނެ މަގެއް މި ގައިޑްލައިންގައި ހިމަނާފައިވާ ކަމަށެވެ.