އިންޑިއާ-ޔޫއޭއީގެ ވިޔަފާރި 20 ޕަސެންޓް އިތުރުވެއްޖެ
ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނާޝިޕް އެގްރީމަންޓް (ސީއީޕީއޭ) ވުޖޫދަށް އައި ފަހުން، އިންޑިއާ އާއި ޔޫއޭއީއާ ދެމެދު 2022-23 ވަނަ އަހަރު ބައިލެޓަރަލް ވިޔަފާރީގެ ކުރިއެރުން އޭގެ ކުރީ އަހަރާ އަޅާބަލާއިރު 20 ޕަސެންޓް ވަނީ އިތުރުވެފަ އެވެ.
ޔޫއޭއީއަށް އިންޑިއާއިން އެކްސްޕޯޓްކުރި މިންވަރުވެސް 12 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާއިރު، 2022-2023 ވަނަ އަހަރު ވަނީ 31.3 ބިލިއަން ޑޮލަރަށް އަރާފައެވެ.
ޑިޕާޓްމަންޓް ފޯ ޕްރޮމޯޝަން އޮފް އިންޑަސްޓްރީ އެންޑް އިންޓާނަލް ޓްރޭޑް (ޑީޕީއައިއައިޓީ)ގެ ސެކްރެޓަރީ ރާޖޭޝް ކުމާރު ސިންގް އާއި ޔޫއޭއީގެ ފޮރިން ޓްރޭޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތާނީ ބިން އަހްމަދު އަލް ޒިއޫދީ ގުޅިގެން އަބޫދާބީގައި ބޭއްވި ރަސްމިއްޔާތުތައް އިފްތިތާހު ކޮށްދެއްވައިފި އެވެ.
ސިންގް ވަނީ އެންމެ 88 ދުވަހުގެ ތެރޭގައި މަޝްވަރާކުރެވުނު އިންޑިއާ-ޔޫއޭއީ ސީއީޕީއޭ އަކީ ދެ ގައުމުގެ އިގްތިސާދީ ގުޅުމަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމެއްކަން ފާހަގަކުރައްވާފައެވެ.
އިންޑިއާއަށް ޔޫއޭއީއާއެކު ސީއީޕީއޭ އަކީ މި ސަރަހައްދުގެ ފުރަތަމަ އަދި ޔޫއޭއީއަށް މިއީ އެ ގައުމުން ފުރަތަމަ ފަހަރަށް ސީއީޕީއޭ އެވެ.
ސީއީޕީއޭ ފާހަގަކުރުމުގެ ގޮތުން އަބޫދާބީގައި ބޭއްވި އަހަރީ އިންވެސްޓްމަންޓް މީޓިންގައި ޑީޕީއައިއައިޓީގެ ސެކްރެޓަރީ ވަނީ ކެރެލާ ޕެވިލިއަން ވެސް އިފްތިތާހުކޮށްދެއްވައިފަ އެވެ.
މީގެ އިތުރުން އަބޫދާބީ އިންވެސްޓްމަންޓް އޮތޯރިޓީގެ އިސް ވެރިންނާއި އިންޑިއާގައި ޔޫއޭއީގެ އެންމެ އިސް އިންވެސްޓަރުން ކަމަށްވާ މުބާދާލާއާ ވެސް ބައްދަލުކުރެއްވި އެވެ.
ޔޫއޭއީއިން އިންޑިއާއަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުވުމާ ގުޅިގެން މަރުހަބާ ވިދާޅުވެ ސިންގް ވަނީ އިންޑިއާގައި އިންވެސްޓް ކުރުމަށް އާ ދާއިރާތައް، ހާއްސަކޮށް އިއާދަކުރަނިވި އަދި ޑިޖިޓަލް ދާއިރާތައް ހޯދުމަށް ދެ ކުންފުންޏަށް ދައުވަތު ދެއްވާފަ އެވެ.
ޔޫއޭއީ އަކީ މިހާރު އިންޑިއާގައި ހަތް ވަނައަށް އެންމެ ބޮޑު އިންވެސްޓަރަކަށް ވާއިރު، އެ ގައުމުން 18 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރާނެ އެވެ.