މިއަދު ވެސް މައްޗަންގޮޅީގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ

މިއަދު ވެސް، މައްޗަންގޮޅީގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ދަނީ، އެ ކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތް ކުރަމުން އަންނައިރު، އެކި ސަރަޙައްދުތަކުން ކަރަންޓު ކެނޑުމަކީ އާއްމު ކަމެކެވެ. މިގޮތުން އިއްޔެ ވެސް، މައްޗަންގޮޅީގެ ބައެއް ހިސާބުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ.
ސްޓެލްކޯއިން ބުނީ، މައްޗަންގޯޅީގެ، ގުލްހަޒާރު ގޯޅިއާއި، ނަސީމީ ހިނގުމާއި، އުނިގަސްމަގުގެ އިތުރުން ދަކަނދާ މަގުން މިއަދު މެންދުރު 14:00 އިން 16:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމުގައެވެ.
ކަރަންޓު ކެނޑުމާއި ގުޅިގެން އެ ވަގުތުތަކުގައި ދިމާވެދާނެ ދަތިތަަކަށް އެކުންފުނިން މާފަށް އެދޭކަމުގައި ވެސް ސްޓެލްކޯއިން ބުންޏެވެ.