ދުނިޔެ

ޗައިނާއާއި އީރާނުގެ ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅަން މަޝްވަރާކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
Drapeaux européen et chinois

ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން, އެގައުމަށް ވާގިވެރިވާ ޗައިނާއާއި އީރާނުގެ ކުންފުނިތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅަން ޔޫރަޕިއަން ޔޫނިއަނުން މަޝްވަރާ ފަށައިފިއެވެ.

Ads by Sosun Fihaara

މިކަމުގެ ފުރަތަމަ މަޝްވަރާތައް އީޔޫއިން ކޮށްފައިވަނީ ބުދަ ދުވަހުއެވެ.

ބުދަ ދުވަހުގެ އީޔޫގެ މެމްބަރު ގައުމުތަކުން ވަނީ، ހަނގުރާމައާ ގުޅިގެން ރަޝިއާއާއި، އެގައުމަށް ވާގިވެރިވާ މީހުންނާއި ކުންފުނިތަކާއި ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

މިމަޝްވަރާތައް ހޫނުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިކަމުގެ މާހިރުން ބުނެއެވެ. ނަމަވެސް ހަނގުރާމަ ހުއްޓުމަކަށް ނައިސް ދިގުދެމިގެން ދިއުމަކީ މުޅި ޔޫރަޕަށް އޭގެ ނޭދެވޭ އަސަރުކުރަމުންދާ ކަމެއްކަންވެސް މާހިރުން ދަނީ ފާހަގަކުރަމުންނެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ފެށުނުފަހުން ރަޝިއާއާ ދެކޮޅަށް އީޔޫއިން ވަނީ ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ދާދިފަހުންވެސް އީޔޫއިން ވަނީ މިހަނގުރާމާގައި ޔޫކްރެއިނަށް އެހީތެރިވުމުގައި އެޖަމިއްޔާއިން ދެމިއޮންނާނެކަމަށް ބުނެފައެވެ.

ރަޝިއާއާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން، ޔޫކްރެއިނަށް ހަތިޔާރާއި ވަޒަން ފޯރުކޮށްދިނުމުގެ މަސައްކަތް އީޔޫއިން ދަނީ ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!