ދުނިޔެ

ޕާކިސްތާންގެ ހަމަނުޖެހުންތަކުގައި ހާހެއްހާ މީހުން ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރިތާ އެއް ދުވަސް ފަހުން އޭނާ ވަނީ ކޮރަޕްޝަންގެ ދައުވާއަށް އިއުތިރާފުވެފައެވެ. މި މުޒާހަރާތަކުގައި މުޅި ގައުމުގައި އަށް މީހަކު މަރުވެފައިވާ އިރު، ގާތްގަނޑަކަށް 1،000 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

Ads by Sosun Fihaara

ބައެއް ސަރަހައްދުތަކުގައި އަސްކަރިއްޔާ ހަރަކާތްތެރިވަމުން އަންނައިރު، އެ ޖަމާއަތުގެ މުދަލަށް މީހުން ހަމަލާދިނުމުން ވަނީ ހަރުކަށި އިންޒާރެއް ދީފަ އެވެ.

އިމްރާން ހައްޔަރުކުރުމުން އިގްތިސާދީ ހީނަރުކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި އިމްރާނާއި އަސްކަރިއްޔާއާ ދެމެދު ނުތަނަވަސްކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ކުރީގެ ކްރިކެޓް ތަރި އަދި 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ބޮޑުވަޒީރު ކަމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ނުގެއްލޭނެ އެވެ. އިންތިހާބު އޮންނާނީ މި އަހަރުގެ ފަހުކޮޅު އެވެ.

ޑްރާމެޓިކް ފުޓޭޖުން ފެންނަ ގޮތުގައި ސެކިއުރިޓީ އޮފިސަރުންތަކެއް އަންގާރަ ދުވަހު 70 އަހަރުގެ މީހާ ގަދަކަމުން ކޯޓުން ނެރުމަށް ފަހު ފުލުހުންގެ ވެހިކަލަކަށް ބަންޑުން ޖަހާލި އެވެ.

ކޯޓު ރޫމެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ފުލުހުންގެ ގެސްޓްހައުސްގައި ވަރުގަދަ ސެކިއުރިޓީއެއް އެބަހުއްޓެވެ.

އިމްރާންގެ މައްޗަށް ދައުވާ އުފުލާފައިވަނީ، އިމްރާންގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު ގާނޫނާ ހިލާފަށް ދައުލަތުގެ ހަދިޔާ ވިއްކާލި ކަމުގެ ތުހުމަތުގަ އެވެ.

އެ ތުހުމަތުތައް ދޮގުކޮށް އޭނާ ބުނަނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްފައިވާ ކަމަށެވެ.

އެއީ އޭނާގެ މައްޗަށް ރަސްމީކޮށް ދައުވާއުފުލާފައިވާ އެތައް މައްސަލަތަކެއްގެ ތެރެއިން ފުރަތަމަ މައްސަލައެވެ.

އެތައް މަހެއް ވަންދެން އޭނާ ހައްޔަރުން އެއްކިބާވެ، ބައެއް ފަހަރު އޭނާގެ ސަޕޯޓަރުން ވަނީ އޭނާ ބަންދުން ބޭރުގައި ބެހެއްޓުމަށް ފުލުހުންނާ ދެކޮޅަށް ވަރުގަދަ ހަނގުރާމަތަކެއް ވެސް ކޮށްފަ އެވެ.

އަންގާރަ ދުވަހު އޭނާ ހައްޔަރުކުރީ އިސްލާމްއާބާދު ކައިރީގައި އޮންނަ އަލްޤާދިރު ޔުނިވަރސިޓީއަށް ބިން ބަދަލުކުރި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ނެވެ. މި މައްސަލާގައި އިމްރާންގެ ބަންދަށް ގާޒީ ވަނީ އަށް ދުވަސް ޖަހައިފަ އެވެ.

އޭނާގެ ގާނޫނީ ވަކީލެއް ކަމަށްވާ ޝެރް އަފްޒަލް މަރުވަތު ވިދާޅުވީ އޭނާގެ މުވައްކިލުގެ ހާލު ރަނގަޅު ކަމަށާއި ސަޕޯޓަރުންނަށް މެސެޖެއް ދީފައި ވަނީ "ރޫލް އޮފް ލޯ" އަށް ތެދުވެ ތިބެން ޖެހޭނެ ކަމަށެވެ.

އޭނާގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީން ބުނީ އޭނާ ހައްޔަރުކުރުމުގެ ސައްހަކަމަށް ކޯޓުގައި ޗެލެންޖް ކުރާނެ ކަމަށެވެ.

ޕާކިސްތާނުގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާގެ މި އަމަލުގެ ސަބަބުން އެގައުމުގެ އެކި ކަންކޮޅުތަކުގައި ވަނީ ހަމަނުޖެހުންތައް ހިންގައިފަ އެވެ.

ޚައިބަރު ޕަޚްތޫންޚުވާ، ޕަންޖާބު، ބަލޫޗިސްތާން އަދި އިސްލާމްއާބާދު ފަދަ ބައެއް ސަރަޙައްދުތަކުގެ އަމާންކަން ދެމެހެއްޓުމަށް ސަރުކާރުން ވަނީ އަސްކަރިއްޔާއަށް ގޮވާލާފައެވެ.

އަންގާރަ ދުވަހުގެ ރޭ ފެނުނު އާދަޔާ ހިލާފު މަންޒަރުތަކުން ފެންނަ ގޮތުގައި އިމްރާންގެ ސަޕޯޓަރުން ލާހޯރުގައި ހުންނަ ކޯޕްސް ކޮމާންޑަރުދިރިއުޅުއްވާ ގެ ފަޅާލައި، ޗާންޑެލިއާ ތަޅާލައި، މިޔަރުތައް ނައްތާލި އެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ މެއި މަހުގެ 9 ވަނަ ދުވަހަކީ އަނދިރި ދުވަހެއްގެ ގޮތުގައި ސިފަކޮށް، އަނެއްކާވެސް ދައުލަތުގެ މުދަލަށް ހަމަލާދީފިނަމަ ހަރުކަށި ރިއެކްޝަނެއް އަންނާނެ ކަމުގެ އިންޒާރު މުޒާހަރާގެ ބައިވެރިންނަށް ދީފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!