ލައިފްސްޓައިލް

ޤުރުއާނުގެ އަޑަށް ގެރީގެ ސަމާލުކަން، ގިނަ ބަޔަކު ހައިރާާން ކޮށްލައިފި!

ފަތޯނާ ފާއިޒު ، ދެން އޮންލައިން
SONY DSC

ކީރިތި ޤުރުއާނުގައިވާ އެންމެ ދިގު ސޫރަތް ކަމުގައިވާ "އަލް ބަޤަރާ"ގެ އަޑު އިވުމުން، ގެރިތަކެއް، އެ ސޫރަތް އަޑު އެހުމަށް ސަމާލުކަންދީގެން ތިބޭ މަންޒަރު ފެންނަ ވީޑިއޯތަކެއް، މީސްމީޑިއާ ޕްލެޓްފޯމް، ޓިކްޓޮކްގައި ވައިރަލްވެ، ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

Ads by STELCO

މީސްމީޑިއާގައި އާއްމުވަމުން އަންނަ ވީޑިއޯތަކުގައި ފެންނަނީ، ގެރިތަކެއް އެ ތަކެތީގެ މާހައުލުގައި އުޅެމުން ދަނިކޮށް، މީހަކު އެ ގެރިތަކަށް އަޑު އިވޭ ވަރަށް މިއުޒިކް ޖަހާ މަންޒަރެވެ.

އަޑު ބާރުކޮށް މިއުޒިކް ޖެހުމުން ވެސް، ގެރިތައް އެ އަޑަކަށް ސަމާލުކަމެއް ނުދެއެވެ.

އެއާ ޚިލާފަށް، އަޑު ބާރުކޮށް، ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ މޫރިތި އާޔަތްތައް ޖަހައިލުމުން، އެ ގެރިތައް ކުރަން ހުރި ކަމެއް ދޫކޮށް، އަޑު އިވޭ ހިސާބަށް އައިސް، ޤުރުއާނުގެ އަޑަށް ސަމާލުކަން ދޭ މަންޒަރު ވީޑިއޯތަކުން ފެނެއެވެ.

މިކަން އެތައް ބަޔަކު ޓެސްޓު ކުރަމުން އަންނައިރު، ކޮންމެ ވީޑިއޯއަކުން ވެސް ފެންނަނީ، ޤުރުއާން ކިޔަވާ އަޑު އެހުމަށް ގެރިތައް ހުއްޓިގެން، މަޑުމައިތިރިވެ ތިބޭ މަންޒަރެވެ.

ޓިކްޓޮކްގެ މި ވީޑިއޯތަކަށް ކޮމެންޓު ކުރި ގިނަ މީހުން ބުނެފައިވަނީ، މިއީ އިސްލާމްދީނަކީ ޙައްޤު ދީންކަން ދަލީލު ކޮށްދޭ ކަމެއް ކަމަށާއި، މިފަދަ މަންޒަރުތައް ފެނުމުން މުސްލިމުންގެ އީމާންތެރިކަން އިތުރުވާ ކަމަށެވެ.

އަދި މިއީ މާތް ރަސްކަލާނގެއަށް އީމާން ނުވާ މީހުންނަށް، އެކަނލާާންގެ ވޮޑިގެންވާ ކަމާއި، އެކަލާންގެ ބާއްވައިލެއްވި ކަލާމްފުޅުގެ ތެދުކަން ކަށަވަރު ކޮށްދޭ ހެއްކެއް ކަމަށްވެސް ބައެއް މީހުން ވަނީ ބުނެފައެވެ.

 

Ads by Ooredoo
  1. ރިޔާޒް

    ދެންކޮބާ ވީޑިއޯ

    • ޓިކްޓޮކް އިން ފެނިގެން އުޅޭ ވީޑިއޯ އެއް އެއީ

  2. ވީޑިޔޯ ވެސް ލީނަމަ ދޯ. ކިހާ މުހިއްމު ވީޑިޔޯ އެއް އެއީ ބަލައިލަން ބޭނުން