ޚަބަރު ސިޔާސީ

ޤައުމުގެ މިނިވަންކަމެއް ނެތް: ނާޒިމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ޤައުމުގެ މިނިވަންކަމެއް ނެތްކަމަށާއި ރައްޔިތުން ތިބީ މާޔޫސްވެފައިކަމަށް އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by STELCO

"ރައްޔިތުންގެ އުދާސް" ނަމުގައި ރޭ އެމްއެންޕީ އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މި އަންނަ ރިޔާސީ އިންތިޚާބުގައި ދެއްވާ ވޯޓުން ވެރިކަން ބަދަލުކޮށް، ދިވެހި ޤައުމަށް އިންޤިލާބީ ހެޔޮ ބަދަލެއް ގެންނަ އިންތިޚާބަކަށް ހެދުމަށް ގޮވައިލައްވާކަމަށެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭން ބޭރުގައި މިގެންގުޅޭ ހާރިޖީ ސިޔާސަތުގެ ސަބަބުން ގެއްލިފައިއޮތް މިނިވަންކަމުގެ ނިކަމެތިކަން މިއަދު އިޙުސާސް ކުރެވޭކަމަށާއި ދިވެހިންނަކީ ސިޔާދަތީ ބާރާއި، ބަސްބުނުމުގެ ބާރާއި އިޚްތިޔާރު ފުރިހަމަޔަށް އޮންނަ ބައެއްގެ ގޮތުގައި އޮވެގެން މިނިވަންކަމޭ ކިޔަމުންދިޔަ ކަމަށެވެ.

ނާޒިމް ވިދާޅުވީ މިއަދު ފާހަގަވަނީ އެކި މީހުންގެ ބާރުގެ ދަށުގައި މީހުން ބުނާ އެއްޗެއް ބުނާ ބައެއްގެ ގޮތުގައިތިބޭ ބައެއްގެ ގޮތުގައިކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަަމުން ނާޒިމް ވިދާޅުވީ މި އަހަރަކީ، ދިވެހި ޤައުމު ބަދަލުކޮށްލަންޖެހޭ އަހަރުކަމަށެވެ. އަދި އެ ބަދަލު ގެނައުމަށްޓަކައި، އެމް.އެން.ޕީ އާއެކު ސާބިތުވެ ތިއްބަވައި، ސެޕްޓެމްބަރ 9 ވަނަ ދުވަހު ރައްޔިތު އެންމެން ނިކުމެ ބަދަލަކަށް އެމް.އެން.ޕީ އަށް ވޯޓު ދެއްވުމަށް އޭނާ ގޮވައިލެއްވިއެވެ.

ނާޒިމް ވިދާޅުވީ އެމް.އެން.ޕީ އިން ގެންނާނެ މައިގަނޑު އިންޤިލާބީ ބަދަލަކީ ދިވެހި ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދުން ކަމަށާއި ރާއްޖޭގެ އިޤްތިޞާދީ ނަފާ މިއަދު ނަގަމުން ދަނީ ފަސްހައެއްކަ މީހުން ކަމަށާއި ގިނަ ރައްޔިތުން އުޅެމުން ދަނީ ވަރަށް ޙާލުގައި ކަމަށެވެ.

Ads by Allied Insurance
  1. ާއަޒޭ

    ދެންބަދަލު ކޮށްލަންވީ ނުން ކުރީފަހަރުބެސް ބަދަލު ކުރިގޮތަށް!