ދުނިޔެ

މުޒާހަރާތަކާއެކު ޕާކިސްތާންގެ އިޤްތިޞާދު އިތުރަށް ދަށަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކަރާޗީގެ ހޫނު ގަދަ ދުވަހެއްގައި ޕާކިސްތާން ރޭލްވޭސްގެ މުވައްޒަފެއް ކަމަށްވާ މުހައްމަދު ޖުނައިދު އޭނާގެ ސައިކަލު މަގުމަތީގައި މަޑުކޮށްލަނީ މަގުމަތިން ދާ މީހުންނާ ދަތުރެއް ބޭނުންވޭތޯ ސުވާލު ކުރުމަށެވެ. ޖުނައިދު ޕާޓްޓައިމްކޮށް ރައިޑް ހެއިލިންގެ ހިދުމަތް ދޭ ކުންފުންޏެއްގައި މަސައްކަތް ކުރާއިރު ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 800 ޕާކިސްތާން ރުޕީސް (2.7 ޑޮލަރު) ލިބެ އެވެ.

Ads by WAMCO

އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އޭނާގެ މުސާރައަކީ ހަރަދުތައް ހަމަޖެއްސުމަށް ފުދޭ ވަރުގެ މުސާރައެއް ނޫން ކަމަށެވެ. "އަހަރެންގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިކިއާ [ރައިޑް ހެލިން ސްޓާޓްއަޕް] އަށް މަސައްކަތް ކުރަން ޖެހޭނެ."

ނަމަވެސް އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލުމުން އިންޓަނެޓް ބޭނުންވާ އެޕްލިކޭޝަނުގައި ރައިޑްތައް ބުކް ކުރާތީ އޭނާގެ އާމްދަނީ ވަނީ ދަށްވެފަ އެވެ.

އެޕް ބޭސްޑް ފުޑް ޑެލިވަރީގެ ހިދުމަތް ދޭ އެތައް ހާސް ބަޔަކަށް ވެސް އޮތީ ހަމަ އެފަދަ ގޮތެކެވެ.

ޕާކިސްތާން ތަހްރީކޭ އިންސާފް ސިޔާސީ ޕާޓީގެ ޗެއާމަން އިމްރާން ޚާން ހައްޔަރުކުރުމާ އެކު ފާއިތުވި ތިން ދުވަހުގެ ތެރޭގައި އެ ގައުމުގެ ބޮޑެތި ސިޓީތަކުގައި އިންޓަނެޓް ކަނެކްޓިވިޓީގެ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އޭނާ ހައްޔަރުކުރުމާ އެކު މުޅި ގައުމުގައި މުޒާހަރާތައް ފެށި އިރު އޭގެ ތެރޭގައި ޕާކިސްތާން އަސްކަރިއްޔާގެ ޖެނެރަލް ހެޑްކުއާޓާސް ކުރިމަތީގައި ވެސް މުޒާހަރާކުރި އެވެ. ގިނަ ސިޓީތަކުގައި ވަނީ ހަމަނުޖެހުން ހިންގައިފަ އެވެ.

ޕާކިސްތާން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން އަންގާރަ ދުވަހު ބުނީ މޯބައިލް ބްރޯޑްބޭންޑްގެ ހިދުމަތް މެދުކަނޑާލީ ދާޚިލީ ވުޒާރާގެ އިރުޝާދުގެ މަތިން ކަމަށާއި ނަމަވެސް އެ ހިދުމަތްތައް އަލުން އިއާދަކުރާނެ ޓައިމްލައިނެއް ދީފައި ނުވާ ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު އިމްރާން ދޫކޮށްލަން އަމުރުކުރީ އޭނާ ހައްޔަރުކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އެ ގައުމުގެ އެންމެ މަތީ ކޯޓުން ކަނޑައެޅުމުންނެވެ. ނަމަވެސް މޮބައިލް ބްރޯޑްބޭންޑް ބަންދު އުވާލާފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!