ޚަބަރު

ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކައްދޫ އެއަރޕޯޓް އިންޓަަރނޭޝަނަލް ކުރާނަން: ނާޒިމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވެރިކަމަށް އާދެވިއްޖެނަމަ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކައްދޫ އެއަރޕޯޓް އިންޓަަރނޭޝަނަލް ކުރާނެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ނާޒިމް މިހެން ވިދާޅުވީ  ރިޔާސީ އިންތިޚާބަށް ކެންޕެއިން ހަރަކާތްތައް އިތުރުކުރުމަށް ލ.ގަމުގައި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ކެމްޕެއިން ޖަގަހައެއް ހުޅުވަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ނާޒިމް ވިދާޅުވީ ލ. ގަމުގައި އެމަނިކުފާނު މީގެ 20-30 އަހަރު ކުރިން ބޭސް ކޮމާންޑަރަކަށް ހުންނެވިއިރުގެ އިޙުސާސް ކުރެވޭކަމަށެވެ. އަދި  ކައްދޫ އެއާޕޯޓަށް ދިއުމުން ފެންނަނީ އެއްމަންޒަރެއް ކަމަށާއި،  ޒުވާން އުމުރުފުރައިގައި  އެ ފެނުނު ކައްދޫ އެއާޕޯޓު އަދިވެސް ފެންނަކަމަށް ވިދާޅުވިއެވެ.

އަދި އިތުރަށް ނާޒިމް ވިދާޅުވިގޮތުގައި 10 އަހަރުވެގެން މި ދިއަ 2 ދައުރުގައި  އެރަށަށް ކޮށްދެވުނީ  ކޮންކަމެއްތޯ ރަށުގެ ރައްޔިތުން ވިސްނާވަޑައިގަންނަވަން ޖެހޭނެކަމަށެވެ.

ސަރުކާރުތަކުން ލ. ގަމު ދާއިރާއަށް އިޙުމާލުވެފައިވާ މިންވަރަށް އިޝާރާތް ކުރައްވަމުން ނާޒިމް ވިދާޅުވީ ގަމުގެ 3 އަވަށަށް ބަލާލިއަސް ކަރަންޓާއި ފެނާއި އަދި ނަރުދަމާ އަޅާލުމަކުން ނުފުދޭކަމަށާއި، އެއްވެސް ތަރައްޤީއެއް އަދި ރައްޔިތުންގެ ޖީބަށް އެއްޗެއް ލިބޭނެގޮތެއް ހެދުނުތަނެއް ނުފެންނަކަމަށެވެ.

Ads by Allied Insurance
  1. މިއުޅެނީ އެއަރޕޯޓް އިންޓަރނޭޝަނަލް ނުކުރެވިގެންތަ؟ ދިރިއުޅޭނެ ބޯހިޔާވެހިކަމެއް ނުލިބިގެން މިރާއްޖޭގެ އެންމެން ތެޅިބާލަނީ! ހުރިހާ މޮޅެއް ތިކަހަލަ މުއްސަނދިންނަށް!